1980ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑުން އެންމެ އަޑުގަދަވި އެއް ވާހަކައަކީ އަމީތާބު ބައްޗަންއާއި ރޭކާގެ ގުޅުމުގެ ވާހަކަ އެވެ. އޭރު އަމީތާބު ޖާޔާ ބަދޫރީއާ ކައިވެނި ކޮށްގެން އުޅުނުއިރު މި އަޑުތައް ވެގެންދިޔައީ އާއްމުންނާއި މީޑިއާގެ ސަމާލުކަން ލިބުނު އަޑުތަކަށެވެ.

އެކީގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ އަމީތާބާއި ރޭކާގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް އެރި ހިސާބުން ފެށިގެން އެ ދެތަރިންނާ އެކި ފަހަރުމަތިން ސުވާލު ކުރެވެމުން ދިޔަ ނަމަވެސް އެކަމާމެދު އޭރު އެއްވެސް ވާހަކައެއް އެމީހުން ދައްކާފައެއް ނުވެ އެވެ.

އެހެން ނަމަވެސް ދާދި ފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރޭކާ ވަނީ އޭނާގެ ޒާތީ ހަޔާތާ ބެހޭ ގޮތުން ކުރިން ދައްކާފައިނުވާ ވާހަކަތަކެއް ދައްކާފަ އެވެ.

ރޭކާ ބުނީ އޭނާ އަމީތާބު ދެކެ ލޯބިވާކަން ސިއްރު ކުރަން ނޫޅޭ ކަމަށާއި ދުނިޔޭގެ އެއްވެސް މީހަކު އެހެން މީހަކުދެކެ ލޯބިނުވާ ވަރަށް އޭނާ އަމީތާބު ދެކެ ލޯބިވާ ކަމަށެވެ.

އެހެން ނަމަވެސް އަމީތާބަކީ މީހުންނަށް ކެހި ދޭ މީހެއް ނޫން ކަމަށާއި އެހެން ކަމުން އޭނާގެ އަމިއްލަ އަނބިމީހާއަށް ބޭވަފާތެރި ނުވާނެކަން އޭނާ ގަބޫލުކުރާ ކަމަށް ވެސް ރޭކާ ބުންޏެވެ.

މިއަދާ ޖެހެންދެން ވެސް ރޭކާ އަލަށްވެސް ކައިވެންޏެއް ކޮށްފައި ނުވާއިރު ހުއްސަރިބައިކޮށް އުމުރު ހުސްކޮށްލަނީ އޭނާއަށް އަމީތާބު ނުލިބުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.