ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އަރައި އެ ދޯނީގައި ހަރަކާތްތެރިވި ސަބަބު ލިޔުމަކުން ދޭން ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ލިޔުމުން އެދިއްޖެ އެވެ.

އެކަމަކު އެކަން ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ޔަގީންކޮށްދެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި ވާހަކަ ނުދެއްކި ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ އެމްއެންޑީއެފުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަން ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ޔަގީންކޮށްދެއްވި އެވެ.

ރާއްޖޭގެ އުތުރުގައި ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ހަތިޔާރު އެޅި ސިފައިންތަކެއް އެރީ މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެ ދޯނީގައި ތިބި މީހުންނާ އިންޑިއާގެ ކޯސްޓު ގާޑުގެ ސިފައިން މުއާމަލާތުކުރި ގޮތް އެނގޭ މީހަކު ބުނީ އިންޑިއާގެ ސިފައިން ބޭނުންވީ އެ ދޯނިތަކުގައި ބޭނުންކުރި ސެޓެލައިޓް ފޯނުގެ ނަމްބަރު ކަމަށެވެ. އެކަމަކު، އެ ވަގުތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ބައެއް ދޯނިތަކުގެ މަސްވެރިން ގުޅުމުން ދިވެހި ސިފައިންގެ އިރުޝާދުގެ މަތިން ސެޓެލައިޓް ފޯނުތަކުގެ ނަމްބަރު ނުދިނެވެ.

ހަތިޔާރާ އެކު އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ، ތިން މަސްދޯންޏަކަށް އެރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ސިފައިންގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކެއް ވެސް ވަނީ މިއަދު ސޯޝަލް މީޑިއާ އަށް ބޮޑުކަންނެލީގެ މަސްވެރިންގެ ޔުނިއަނުން ދޫކޮށްލައިފަ އެވެ. އެ ވީޑިއޯތަކުން ދޯނިތަކުގެ ތައްޓު މައްޗަށް ފަޅުވެރިން ޖަމާކޮށް، އެ މީހުންނާ އިންޑިއާގެ ސިފައިން ސުވާލުކުރާ ތަން ފެނެ އެވެ.

އެ ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާ ސިފައިން ހަތިޔާރާ އެކު ދޯނީގައި ތިބި އިރު ހުރިހާ ފަޅުވެރިން ތިބީ ދޯނީގެ ކޮޅަށް ނެރެ ބައިތިއްބައިފަ އެވެ. އަދި ތިން ދޯނީގެ ފަޅުވެރިން ވެސް ތިބީ އެގޮތަށް ބޭރަށް ނެރެފަ އެވެ. އަދި އެ ވަގުތު ކައިރީ އިތުރު ދެ ދޯންޏެއް ވެސް އޮތްތަން ފެނެ އެވެ.

އެ ވަގުތު ވެސް ބައެއް ދޯނިތަކުގެ ފަޅުވެރިން ގެންދިޔައީ އިންޑިއާގެ ސިފައިންނާ ދެކޮޅަށް އިރުޝާދު ދެމުންނެވެ.

"އެ މީހުން [އިންޑިއާގެ ސިފައިން] ކައިރީގައި ބުނޭ ރާއްޖޭގެ ކޯސްޓްގާޑުން ބުންޏޭ ކަލޭމެން ތިޔަ ތިބީ ގަވާއިދާ ހިލާފަށޭ ދޯންޏަށް އަރައި. އަހަރެމެންގެ ދޯންޏަށް ނޭރޭނެއޭ އަހަރެމެންގެ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދުގައި އޮއްވައެއް. ފުރަތަމަ ބުނޭ ގަވާއިދާ ހިލާފަށޭ ދޯންޏަށް އަރައި ތިޔަ ތިބީ،" އާންމުކުރި އެއް އެއް ވީޑިއޯ އިން މަސްވެރިއަކު އެހެން ދޯންޏެއްގެ ފަޅުވެރިންނަށް ގޮވައި އިރުޝާދު ދޭ އަޑު އިވެ އެވެ.

ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރުވާ ގޮތުން ވެސް އިންޑިއާގެ ސިފައިން އެރި ދޯނިތައް އޮތީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގަ އެވެ.

އިންޑިއާގެ ސިފައިންގެ މީހަކު ރާއްޖޭގެ ތިން ދޯނީގެ ތެރެއިން އެއް ދޯންޏަށް އަރައިގެން އުޅޭ އިރު އެ ދޯނީގެ ފަޅުވެރިން ދޯނީގެ ފަހަތުކޮޅަށް ނެރެފައި.ރާއްޖޭގެ މަސްދޯނިތަކަށް އެރި އިންޑިއާގެ ސިފައިން ވަނީ މަސްވެރިންގެ ފޯނުތައް އަތުލައި ހެކިތައް ނައްތައިލި ކަމަށް ވެސް އެނގިފައި ވެ އެވެ. އިންޑިއާ ސިފައިން ދިވެހި މަސްވެރިންނާ ސުވާލުކުރަނިކޮށް، މަސްވެރިން ފޮޓޯތައް ނެގުމުން، އެ މީހުންނަށް މަޖުބޫރުކޮށް، ހުރިހާ ހެއްކެއް އިންޑިއާ ސިފައިން ފޮހެލި ކަމަށް ބުންޏެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ، އިންޑިއާގެ ސިފައިން "އަސުރުމާ 3" އާއި "ނެރު 7" އަދި "މާހޯރަ 3" އެވެ.

އެ ތިން ދޯނީގެ ތެރެއިން އަސުރުމާ ދޯނީގެ ކެޔޮޅާ ހަވާލާދީ މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން ދޯނި ކައިރިއަށް އެންމެ ފުރަތަމަ ފޮނުވީ ޑްރޯންއެއް ކަމަށެވެ. އިންޑިއާގެ ކޯސްޓްގާޑުގެ ދެ ބޯޓު އެ ސަރަހައްދުގައި އޮތް ކަމަށާއި އެ ތަނުން އެއް ބޯޓު ދޯންޏާ ކައިރިކުރީ ޑްރޯން ފޮނުވައިގެން ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން ސުވާލުކުރަމުން ދިޔައީ ސެޓްލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށް ކެޔޮޅު ބުނަނީ. އެ ނަންބަރު ނުދީގެން އަސްލު ހިފެހެއްޓީ. ކެޔޮޅު ދިޔައީ ރާއްޖޭގެ ކޯސްޓްގާޑާ ވެސް ވާހަކަދައްކަމުން. އެމީހުންނަށް ދޯނީގެ ސެޓްލައިޓް ފޯނު ނަންބަރު ދޭންޖެހޭ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ދެއްތޯ. އެހެންވެ ނަންބަރެއް ނުދޭ،" ނަޝީދު ވިދާޅުވި އެވެ.