އުރީދޫ މޯލްޑިވްސްގެ ކަސްޓމަރުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރ ދަނބު ގޯޅިއަށް ބަދަލުކޮށްފި އެވެ.
އެތަން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު (އޯއީސީ) ހުޅުވައިދެއްވީ މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ މެންޑޭޓް އޮންނަ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފެވެ.
ސިސިލް ގާޑަން, ދަނބު ގޯޅީގައި މިއަދު ހުޅުވި އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރެވެ.
އުރީދޫން ބުނީ މި ސެންޓަރު ފަރުމާކުރެވިފައިވަނީ އުރީދޫއިން ފޯރުކޮށްދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދިނުމަށެވެ.
މި ސެންޓަރު ވެސް ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 އިން ހަވީރު 4.30 އަދި ރޭގަނޑު 8ން 10ށް ހުޅުވިފައި ހުންނާނެ އެވެ.
ރައީސާ ބައްދަަލުކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
"އާވާރާޕަން 2"އާއެކު އިމްރާން ވެސް 100 ކްރޯޑް ކްލަބަށް!