ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިން މަރިޔަމް މުހައްމަދު (މާޔަން) ގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މަގެއް މަތިން އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 6:20 ގައި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ އިރު، މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

މާޔަން ކިޔައި ދިން ގޮތުގައި އެ ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތެވެ.

މި ފަށް ވިއްކަން ނުވަތަ މީހަކު އަޅައިގެން ހުއްޓާ ފެނުނަސް އޭނާ އަށް އެންގުމަށް މާޔަން ވަނީ އެދިފަ އެވެ.