އިސްތަށިގަނޑު ބަލިކަށިވުމަކީ އޭގެ ސަބަބުން އެތައް ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ހަންފޮޅުމާއި އިސްތަށި ފޭބުން ފަދަ ކަންކަމަކީ ބަލިކަށި އިސްތަށިގަނޑަކުން ފެންނާނެ ކަންކަމެވެ. މި ލިޔުމުގައި މި ބަލާލަނީ އިސްތަށިގަނޑު ބަލިވާން މެދުވެރިވާ ބައެއް ސަބަބުތަކަށެވެ.

ކެއުމުގައި މުހިއްމު މާއްދާތައް ނުހިމެނުން

ހިކުމުގެ ނަމުގައި ނުކައި ހުރުމުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް މަދުވެގެންދެ އެވެ. މިގޮތުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނަރަލްސް މަދުވެ އެވެ. އަދި މިކަމުގެ ސަބަބުން އިސްތަށިގަނޑު އާދަޔާ ޚިލާފަށް ބަލިވެ، އިސްތަށި ބުރިވުމާއި ބުޑުންް ލުހިގެން ދިޔުންފަދަ ކަންކަމަށް މަގުފަހިވެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތަކީވެސް އިސްތަށިގަނޑަށް ހުރި ނުރައްކަލެކެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބޭ މިންވަރު މަދުވެ އެވެ. ބޮލުން އިސްތަށި ފޭބުމާއި ތަލަ ވުމަކީވެސް ދުންފަތުން މަގުފަހިވާ ކަންކަމެވެ.

ސްޓްރެސް އިތުރުވުން

އާދަޔާ ޚިލާފަށް ކަންކަމާ ވިސްނާ ފިކުރު ކުރުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހި ކުރުވާ ކަމެކެވެ. ސަބަބަކީ މިފަދަ ވަގުތު ތަކަކީ ހަށިގަނޑުގައި އައު އިސްތަށި އުފެއްދުމަށް ހުރަސް އަޅާ ދެ ހޯމޯން ކަމުގައިވާ ކޯޓިސޮލް އާއި ނޯރާ ޑްރިނަލައިން ހަށިގަނޑުގައި އުފެދޭ މިންވަރު އިތުރުވާ ވަގުތު ކަމަށްވާތީ އެވެ.