މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫއާއި ކުއްޑޫގައި ކުރިއަށްދިޔަ އިހުތިޖާޖު ހުއްޓާލުމާއި ގުޅިގެން އެތަންތަނުގައި މަސް ކިރުވުމުގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ.
ރޭގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދީފައިވާކަމަށް އެމިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދެއްވާފައިވާ ޔަގީންކަމާ އެކު ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާކޮށްދޭނެކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމާއ ގުޅުންހުރި ފެސިލިޓީތައް ބަންދުވެފައި ހުރުމަކީ މަސްވެރިންނާއި މަސް ކުންފުނިތަކަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދަނޑުން ނުފައިބައި މައުސް މެޗް އެނަލިސްޓަކަށް!
ގިނައިރު ކޮޅަށް ހުންނަންޖެހޭ ވަޒީފާތަކުން މައިބަދައަށް ގެއްލުން!
އެމެރިކާ އާއި އީރާނުން ނުރައްކާތެރި ހަމަލާތަކެއް ބަދަލުކޮށްފި