މޫނު ތެޔޮވުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ވަކި އުމުރެއް ޖިންސެއް ތަފާތު ކުރުމެއް ނެތި އެވެ. މި ލިޔުމުގައި މި ބަލާލަނީ މިކަމަށް ގޭގައި ހެދިދާނެ ބައެއް ފޭސް މާސްކުތަކަށެވެ.
ރީނދޫ
ރީނދުލަކީ ހަމަށް ވަރަަށް ފައިދާ ހުރި އެއްޗެކެވެ. މި މާސްކުގައި ރީނދޫ ކޮޅަކާއި ފުނޑުކޮށްފައި ހުރި ކެލާ ފެނާއެކު ނުވަތަ، ފިނިފެންމާ ފެނާ އެއްކޮށްލާފައި މޫނުގައި މަޑުމަޑުން އުނގުޅާލާށެވެ. 15 ވަރަކަށް މިނެޓު މަޑުކުރުމަށްފަހު މޫނު ދޮވެލާށެވެ.
ފޮނިތޮށި
ލުނބޯ ހުތް ފޮދެއްގެ ތެރެއަށް ފުނޑުކޮށްފައި ހުރި ފޮނިތޮށި ކޮޅެއް އަޅާލާށެވެ. އަދި މާމުއި ކޮޅެއް އެއްކޮށް ހަރު ޕޭސްޓަަށް ހެދުމަށްފަހު، މޫނުގެ ބިހިތަކުގައި އުނގުޅާށެވެ. އެއްގަޑި އިރު ވަންދެން ހަފްތާ އަކު ކޮންމެ ދުވަަހަކު މި ޕޭސްޓު ބޭނުން ކުރުމުން މޫނުގައި ހުރި ބިހިތަކަށް އަސަރުކޮށް މޫނު ތެޔޮވުމުން ދުރުކޮށްދޭނެ ކަމަށް ބުނެ އެެވެ.
ކެލާ
ފިނިފެންމާފެން ނުވަތަ ރޯސްވޯޓާގެ ތެރެއަށް ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ކެލާ ކުނޑި އަދި ލުނބޯހުތްކޮޅެއްް ހެދުމަށްފަަހު ޕޭސްޓެއް ހަދާށެވެ. ހަފްތާ އަަކު ދެތިން ފަހަރު މި ޕޭސްޓު ބޭނުން ކުރެވޭނެ އެވެ. ކެލާގައި ހިމެނޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން މޫނުގައި ހުންނަ ލައްތައް ފިލުވުމަށް އެހީވެދީ ހަންގަނޑު އަލިކޮށްދޭނެ އެވެ.