ހއ. ބާރަށުގައި 400 އަހަރަށް ވުރެ ގިނަ ދުވަސްވީ ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފި އެވެ.
މި ކާނި ގަހަކީ އެރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ. އެ ގަހުގައި ރޯކޮށް އަންދާލީ ރޭގެ ވަގުތެއްގަ އެވެ.
ބައެއް މީހުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުން ބުނި ގޮތުގައި މިއީ ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ތެރެއިން ހިނގި ކަމަށް ބެލެވޭ ކަމެކެވެ. އަދި ކާނި ގަހުގައި ރޯކޮށްލި މައްސަލަ ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކާނި ގަސް އަންދާލުމާ ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ޔުމްނާ މައުމޫން ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ.
"މި ފަދަ ތާރީހީ ތަކެއްޗާއި ތަންތަން ހަލާކު ކުރާ މީހަކަށް/ބަޔަކަށް ފިޔަވަޅު އެޅުމުގެ ބާރު ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުން ލިބިދީފައިވޭ." ޔުމްނާ ވިދާޅުވި އެވެ.
ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.
ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.

ޒަމާނީ ހާރުކެއުން: އިޖުތިމާއީ އާދައަކަށް ބަދަލުވެފައި
ލުބުނާނުގެ ޕާސްޕޯޓު ލިބުމުން އިންފަންޓީނޯ އުފާފާޅުކޮށްފި
48 ގަޑިއިރުގެ ތެރޭގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި