އިނގިރޭސި ވިލާތުގެ ޖަނަވާރު ބަލަހައްޓާ ޕާކެއްގައި ތިބި ބޭއަދަބީ ބަހުރުވައިން ވާހަކަ ދައްކާ ގުރާތަކާއި ކުޑަކުދިން ކައިރި ނުކުރަން އެޕާކުން އިލްތިމާސްކޮށްފި އެވެ.

ވާހަކަ ދެއްކުމުގެ ކުޅަދާނަކަށް ލިބިފައިވާ މިގުރާތައް ހަޑިހުތުރު ބަސް ދަސްކޮށްފައި ވަނީ އެ ގުރާތައް ގެންގުޅެ ފައިވާ މީހުންގެ ފަރާތުން ނެވެ. އެހެން ނަމަވެސް އޭތި ދައްކާ ވަހަކަތަކަކީ އެއްވެސް ވިސްނުމަކާ ނުލާ ދައްކާ ހުސް ބޭކާރު ވާހަކަތަކެއްކަން އެޕާކުގެ ވެރިޔާ ސްޓީވް ނިކޮލަސް ފާހަގަކުރެ އެވެ.

ނިކޮލަސް ބުނާގޮތުގައި އެޕާކަށް ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާ 5 ގުރާ ހަދިޔާކޮށްފައި ވަނީ ކޮވިޑްގެ ދުވަސްވަރު އެވެ. އޭރު ވެސް އެކަހަލަ ދެ ގުރާ އެޕާކުގައި އުޅެ އެވެ.

އާންމުކޮށް ގުރާ ވާހަކަ ދައްކާއިރު، ވާހަކަ ދައްކަން ދަސްކޮށްދިން މީހާގެ އަޑާއި ރާގު ވެސް ކޮޕީކުރާ ވާހަކަ ކިޔައިދެމުން، އެފަދަ ގުރައެއް ހަދިޔާކުރި އަންހެނެއްގެ ވާހަކަ ހިއްސާކޮށްލި އެވެ.

ނިކޮލަސް ބުނީ، އެ އަންހެން މީހާ ހުތުރު ބަހުން ވާހަކަ ދައްކާ ގުރައެއް ހަދިޔާކުރި އިރު، އޭނާގެގެ ފިރިމީހާ އެގުރާއަށް ބޭއަދަބީ ބަހުރު ވައިން ވާހަކަ ދައްކަން ދަސްކޮށްދީފައިވާ ކަމަށް ބުނެ ދޮގުހަދާފައިވެ އެވެ. އެކަން ފަޅާ އެރީ އެ އަންހެން މީހާގެ އަޑާއި ރާގުން ގުރާ ވާހަކަ ދައްކަން ފެށުމުންނެވެ.