އޭޝިއާގެ އެންމެ މުއްސަނދި އާއިލާ ކަމަށްވާ އަމްބާނީ އާއިލާ ތެރޭގައި މިހާރު ކުރިއަށްދާ ކައިވެނި ހަފްލާތަކުގެ ތެރެއިން ރޮކް އެންޑް ރޯލް އައިކަން ރިއާނާގެ ހުށައެޅުމެއް ފެނިއްޖެ އެވެ.

އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެނީގެ ކުރިން ބޭއްވި ޕްރީ ވެޑިން ހަފްލާގެ ތެރެއިން ރިއާނާ ވަނީ އޭނާގެ ލަވަތަކާއި ހިންދީ ބައެއް ލަވަތައް ވެސް ހުށައަޅައިދީފަ އެވެ.

މި ހުށައެޅުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޖާންވީ ކަޕޫރު ވެސް ބައިވެރިވި އެވެ. ޖާންވީ ވަނީ އެ ތަޖުރިބާގެ ވާހަކަ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ހަފްލާގައި ރިއާނާގެ ހުށައެޅުމަށް އަމްބާނީ އާއިލާއިން އޭނާއަށް ގާތްގަނޑަކަށް 74 ކްރޯޑް އިންޑިއާ ރުޕީސްގެ އަގެއް ދިނެވެ.

ރިއާނާ ވަނީ އަމްބާނީ އާއިލާގެ އާއިލީ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ދިނީތީ އެ އާއިލާއަށް ޝުކުރު އަދާކޮށްފަ އެވެ.

އެ ހަފްލާގައި ރިއާނާގެ އިތުރުން ވެސް ޝާހްރުކް ޚާން، ގައުރީ ޚާން ފަދަ ބޮލީވުޑްގެ ނަން މަޝްހޫރު ފަރާތްތައް ފެނިގެންދިޔަ އެވެ.