ބުޅި އިސްތަށިގަނޑަކީ ކިތަންމެ ވަރުގަދަ ވެފައި ރީތި ވިޔަސް ގެންގުޅެން ވަރަށް އުނދަގޫ އިސްތަށިގަނޑެކެވެ. އެކަން އެނގޭނީ ހަމަ ބުޅި އިސްތަށިގަނޑުގެ ވެރިންނަށެވެ.

ބުޅި އިސްތަށިގަނޑުގެ ސިއްހަތަށް އެންމެ ރަނގަޅު އެއް ކަމަކީ އެއްވެސް ކަހަލަ ޝޭމްޕޫއެއް ބޭނުންނުކޮށް ބޯ ދޮވުމެވެ. ރީތި ފެނުން ބޯ ސާފުކޮށް ދޮވުމަށްފަހު ކޮންޑިޝަނާއެއް އެކަނި ބޭނުންކުރުމުން އިސްތަށިގަނޑުގެ ރީތިވެ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުވާ ކަމަށްވެ އެވެ.

މީގެ އިތުރުންވެސް ބުޅި އިސްތަށިގަނޑަކީ ގޮށް ޖެހުން ގިނަ ވައްތަރެއްގެ އިސްތަށިގަނޑެއްކަމުން އެކަމަށްވެސް ވަނީ ހައްލެއް ހޯދާފަ އެވެ. ހައްލަކީ ދޭތެރެ ބޮޑު ފުނަލެއް ބޭނުންކޮށްގެން އިސްތަށިގަނޑުގެ ބުޑުން ފަށައިގެން މަޑުމަޑުން އިސްތަށިގަނޑުގެ ނިމޭ ހިސާބަށް ފުނާ އެޅުމެވެ.

އޭގެ އިތުރުން ޔޯގަޓް، އޮލިވް އޮއިލް އަދި ބިސް ފަދަ ތަކެތި ބޭނުންކޮށްގެން އިސްތަށިގަނޑަށް ބޭނުން ކުރެވޭ ފޮމިއުލާތަކަކީ އިސްތަށިގަނޑުގެ ގޮށް ފިލުވުމުގެ އިތުރުން އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށްވެސް އޮތް ގޮތެކެވެ.

ބުޅި އިސްތަށިގަނޑެއް ތުވާލިން ހިއްކުމަކީވެސް ރަނގަޅު ކަމެއް ނޫންކަމަށް ހެއާ ސްޓައިލް ކުރާ ބައެއް ފަރާތްތަކުން ބުނާއިރު ތުވާލި ބޭނުންކުރާނަމަ އެންމެ ރަނގަޅު ގޮތަކީ މަޑު މަޑުން އިސްތަށިގަނޑު ހިއްކުންކަމަށް ވަނީ ބުނެފަ އެވެ.

މިއީ ބުޅި އިސްތަށިގަނޑެއް ގެންގުޅޭ ފަރާތްތަކަށް އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.