ކުރުނބާއަކީ ދިވެހިން އެކި ކަންކަމުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ފަސޭހައިން ލިބެން ހުންނަށް ހަށިގަނޑަށް އެއިން ގިނަ ފައިދާ ލިބޭ މޭވާ އެކެވެ.
ހަން ރީތި ކުުރުމަށް ކުރުނބަލުގެ ފެނަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ހަން ސާފު ކުރުމަށާއި ހަމުގައި ހުންނަ ލައްތައް ނުވަތަ ކަޅުވެފައި ހުންނަ ތަންތަން ސާފު ކުރުމަށް ކުރުނބާފެން ބޭނުން ކުރެވިދާނެ އެވެ. މީގެ އިތުުރުން ހަމުގައި ރޫޖެހުމާއި ހަން ތެޔޮ ވުމުން ދުރުކޮށް ދިނުމަށްވެސް ކުރުނބާ ފެނަކީ ރަނގަޅު އެއްޗެކެވެ.
ހަން ރީތިކޮށްދިނުމުގެ އިތުރުން ކިޑްނީގައި ހިލަ އަށް ވެސް ކުރުނބާ ފެނަކީ މޮޅު ބޭހެކެވެ. އެގޮތުން ފެން ބުއިމުން ހިލަ އުފެދުން ދުުރުކޮށްދީ ކިޑްނީ އިތުރަށް ދުޅަހެޔޮ ކޮށްދެ އެވެ.
ލޭމައްޗަށްދާ މީހުންނަށް ވެސް މިއީ ފައިދާ ހުރި އެއްޗެކެވެ. ކުރުނބާ ފެނުގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ޕޮޓޭސިއަމް އަދި މެގްނީސިއަމް ހިމެނެ އެވެ. ޕޮޓޭސިއަމްގެ ސަބަބުން ލޭމައްޗަށްދާ މިންވަރު ދަށްކޮށްދޭ އިރު މެގްނީސިއަމްގެ ސަބަބުން ހާސްވުން ކުޑަކޮށްދެ އެވެ.
ކުރުނބާ ފެނަކީ ރާްޖޭގެ ރަށްތަކުން ފަސޭހައިން ލިބޭ އެއްޗަކަށް ވާއިރު އާއްމު ކެއިން ބުއިމުގައި ކުރުނބާ ފެން ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ.