އޮކްސްފޯޑް ޔުނިވާސިޓީން އެސްޓްރަޒެނެކާއާއެކު އުފައްދާފައިވާ ކޮވިޑް ވެކްސިން ކުޑަކުދިންނަށް ދިނުން ރައްކާތެރިތޯ ބެލުމުގެ މަސައްކަތްކުރަން ފަށައިފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީން އީމެއިލްކުރި ސްޓޭޓްމެންޓެއްގައި ބުނިގޮތުގައި އުމުރުން ހަ އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް މިވެކްސިން ދިނުން ރައްކާތެރިތޯ މިހާރު ކުރިއަށްދާ ޓްރަޔަލްގެ ނަތީޖާއިން އެނގިގެންދާނެ އެވެ. 300 ވަރަކަށް ވޮލެންޓިއަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޓްރަޔަލްގެ ފުރަތަމަ ބައިވެރިންނަށް މިމަހު ވެކްސިން ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންގެ އަގުހެޔޮކަމާއި އަދި ރައްކާކުރަން ފަސޭހަވުމުގެ ސަބަބުން އެއީ ދުނިޔޭގެ ވެކްސިންގެ ގޮތުގައި މަޝޫހޫރުވެފައިވާ ވެކްސިނެކެވެ.

އެސްޓްރަޒެނެކާއިންވަނީ މިއަހަރުގެ ނިޔަލަށް ތިން ބިލިއަން ޑޯޒުގެ ވެކްސިން އުފެއްދުމަށް ނިންމާފަ އެވެ. އަދި އެޕްރީލް މަހާ ހަމައަށް މަހެއްގެ މައްޗަށް 200 މިލިއަން ޑޯޒުގެ ވެކްސިން އުފެއްދުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. - ރޮއިޓާސް