އުމްރާނީ ތަރައްގީ ކުރިއަރަމުން ދާ މި ދުނިޔޭގައި ކޮންމެ ގައުމަކުން ވެސް މަސައްކަތް ކުރަމުން ދަނީ އެއްގައުމަށްވުރެ އަނެއް ގައުމު ކުރިއަރައި ދިއުމަށެވެ. ތަފާތު އިމާރާތްތައް ބިނާ ކުރުމަށެވެ.

އެގޮތުން ވިއެޓްނާމްގައި ހުންނަ "ޑެކަޑެންޓް ޑޮލްސޭ ހަނޯއީ ގޯލްޑަން ލޭކް ހޮޓަލް"އަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ތަފާތު ހޮޓަލެކެވެ.

2020 ވަނަ އަހަރުގެ ޖުލައި މަހު ހުޅުވި މި ހޮޓަލަކީ ދުނިޔޭގައި ހުޅުވި އެންމެ ފުރަތަމަ ރަނުގެ ހޮޓަލެވެ. އެ ހޮޓަލުގެ އިންޓީރިއާއިން ފެށިގެން ފަރުނީޗަރުތަކަށް ދަންދެން ހުންނަނީ ރަނުން ޕްލޭޓް ކޮށްފަ އެވެ.

400 ކޮޓަރިއާއެކު 25 ބުރިއަށް އިމާރާތް ކޮށްފައިވާ ފަސް ތަރީގެ އެ ހޮޓަލަކީ އިމާރާތްކޮށް ނިންމާލުމަށް 11 އަހަރު ހޭދަވި މަސައްކަތް ބުރަ ބޮޑު ޕްރޮޖެކްޓެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހޮޓަލުގެ ކޮޓަރިތަކުގެ އަގަކީ ކޮންމެ ރެއަކަށް ގާތްގަނޑަކަށް 450 ޑޮލަރެވެ. އެއާއެކު ހޮޓަލުގެ އެޕާޓްމަންޓްތައް ދޫކުރަނީ ކޮންމެ ރެއަކަށް 9400 ޑޮލަރުގެ މަގުންނެވެ.