މާލޭގެ ބައެއް މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މިސްކިތްތަކުން ފަންކާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާއަކީ މިސްކިތްތަކުން ފެން މޯޓަރެއް ވަގަށް ނެގިކަމުގެ ތުހުމަތު ވެސް ކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ މީހާ ހައްޔަރު ކުރީ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށެވެ. ވަގަށް ނަގާފައިވާ ފަންކާތަކުގެ ތެރެއިން ހަ ފަންކާއެއް ވިއްކާލާފައިވަނިކޮށް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ފައިދާހުރި ޑައިޓަކާއެކު ވެސް އާއްމުކޮށް ހެދޭ 6 ގޯހެއް!
އަންހެނަކާ ގުޅުން ބޭއްވި ވަޒީރަކު އިސްތިއުފާ ދެއްވަން ޖެހިއްޖެ
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!