ދިވެހި ސަގާފީ ކަންކަން ރާއްޖޭގެ އެކިރަށްރަށުގައި ފާހަގަކުރެވެނީ އެކިގޮތް ގޮތަށެވެ. ޒަމާނަށް އައި ބަދަލާއެކު ބައެއް ކަންކަން އުވި ދިޔަ ނަމަވެސް އަނެއްބައި ކަންތަކަކީ އެކި ޒަމާންތަކަށް ދިރި ދެމިގެންދާ ކަމެވެ.
ކަތިން ޖެހުމަކީ ތ. ގުރައިދޫގައި ޒަމާނުއްސުރެ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ކުރަމުން އަންނަ ސަގާފީ ކަމެކެވެ. ކަތި ޖެހުމާ ބެހޭ ގޮތުން އެރަށު ނިޝާން އާތިފާ އަފީފް ބުނިގޮތުގައި އެކަމަށް ތައްޔާރުވަނީ އީދު ވިލޭރޭ އިން ފެށިގެންނެވެ.
"ކަތިން ޖެހުމަކީ އަހަރުމެން ހަނދާން ވީއްސުރެ ވެސް ކޮންމެ ފިތުރު އީދެއްގައި މިރަށުގައި ކުރާ ކަމެއް. އެކަމަށް ތައްޔާރުވުމަށް ކައިރި ރަށްރަށުން ކުރުނބާ އިހާ ގެނެސް ބޯޅަދަނޑަށް އެއްކުރޭ،" އާތިފާ ކިޔައިދިނެވެ.
ހެނދުނު އީދު ނަމާދުން ފައިބައިގެން ދެން އޮންނާނީ ރަށުގެ ކުދި ބޮޑު އެންމެން ބޯޅަދަނޑަށް އެއްވުމެވެ. އަދި ކޮންމެ މީހަކާ ވެސް ބޯޅަދަނޑަށް އެއްކުރި އެއްޗެހިން ކޮންމެ ވެސް އެއްޗެއް ހަދިޔާ ކުރެވެ އެވެ.
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ