އިމްރާން ހަޝްމީއާއި މަލިކާ ޝަރާވަތުއަކީ އެއް އިރެއްގައި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑެވެ. އެމީހުން އެކުގައި ފެނުނު "މާޑާ"އަކީ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ.

އެހެން ނަމަވެސް އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ވެސް އެދެމީހުންގެ ގުޅުން އެހާ ރަނގަޅު ނޫންކަން މީޑިއާއަށް ތިލަވި އެވެ. އެކަން ޔަގީންވީ "ކޮފީ ވިތު ކަރަން"ގެ ޝޯއެއްގައި އިމްރާންއާއި މަލިކާ އެކަކު އަނެކަކަށް ބަދުބަސް ބުނެ ފާޑު ކިޔުމުންނެވެ.

އޭގެ ފަހުން 20 އަހަރު ފާއިތުވެގެން ދިޔައިރު މިހާތަނަށް އެ ދެމީހުން އެކުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. އެހެނެއް ކަމަކު އެކުގައި މަސައްކަތް ކުރުމަށް އެމީހުން އައީ ދެކޮޅު ހަދަމުންނެވެ.

އެހެން ނަމަވެސް މިހާރު އެ ދެމީހުން މިވަނީ މާޒީ ހަނދާން ނައްތާލައި އާ ފެށުމެއް ފަށާފަ އެވެ. 2021 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި މަލިކާ ބުނީ އެމީހުންގެ އަމަލުތަކަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެ ހުރިހާ ކަމަކީ އެރި ކުޑަ އޮޅުމެއްގެ ސަބަބުން ހިނގައިދިޔަ ކަންތައް ކަމަށެވެ.

އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެ ދެމީހުން ވަނީ 20 އަހަރު ފަހުން އެކުގައި ފުރަތަމަ ފަހަރަށް މީޑިއާއަށް ފެނިފަ އެވެ. ވިޔަފާރިވެރިޔާ އަނަންދު ޕަންޑިތުގެ ހަފްލާއެއްގައި އެ ދެމީހުން ބައްދަލުވުމުން ބައްދާލާ އެކުގައި ފޮޓޯއަށް ހުއްޓި ތިއްބެވެ.

އެއާއެކު އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން އަންނަނީ އެ ދެމީހުންގެ ޖޯޑަށް ތައުރީފްކޮށް އެކި ކަހަަލަ ޝުއޫރުތައް ފާޅުކުރަމުންނެވެ.