2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފެނުނު އީޝާ ޑިއޯލް ފިލްމު ކުޅުން ހުއްޓާލާފައިވާއިރު އޭނާ މިހާރު އާއްމުކޮށް ފެންނަނީ އާއިލީ ކަންކަމުގަ އެވެ.
އެގޮތުން އެންމެ ފަހުން އީޝާ އާއްމުންނަށް ފެނުނީ އޭނާގެ މަންމަ ހޭމާ މާލިނީގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިންނެވެ. އެ ފެނިލުމުން އާއްމުންނާއި މީޑިއާގެ ސަމާލުކަމަށް އައީ އީޝާގެ މޫނު ކޮންމެވެސް ވަރަކަށް ބަދަލުވެފައިވާ ކަމެވެ.
އެއާއެކު އިޝާވެސް ޕްލާސްޓިކް ސާޖަރީ ހެދި ކަމުގެ ތުހުމަތުތައް ކުރެވެން ފެށި އެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ތުންފަތް ބޮޑު ކުރަން ލިޕްޖޮބް އެއް ހަދާފައިވާ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
އެހެން ނަމަވެސް މި އަޑުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ އީޝާ އޭނާގެ މަންމަގެ ކެމްޕެއިނުގައި ވަރަށް ހަރަކާތްތެރި ކަމާއެކު އަންނަނީ ބައިވެރި ވަމުންނެވެ.
މިފަހުން ރާޖްކުމާރް ރާއޯ ވެސް ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ. އެހެން ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ރަމަޟާން މަހު ޖިއްދާގެ މި މިސްކިތަށް އިތުރު ހާއްސަ ކަމެއް!
ޓްރަމްޕްގެ އަމިއްލަ ފޯނު ނަމްބަރު ބަހާތީ އުނދަގުލަކަށް ވެއްޖެ
މޮސާޑް އިސްވެރިޔާގެ ސިއްރު ލިޔެކިޔުންތައް ހެކްކޮށް ލީކުކޮށްލައިފި