ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސްގެ ކައިވެންޏަކީ އެ ކައިވެންޏަކާ ބެހޭ ގޮތުން އެންމެ ގިނައިން ވާހަކަ ދެކެވޭ އެއް ކައިވެންޏެވެ. އެމީހުންގެ އުމުރުގެ ތަފާތާއި ނިސްބަތްވާ ސަގާފަތްތަކުގެ ވާހަކައަކީ އާއްމު ގޮތެއްގައި ދެކެވޭ ވާހަކަތަކެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ މިވަނީ އޭނާއާއި ނިކް ޖޯނަސްގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އެ ކައިވެންޏަށް ދިމާވި ދަތިތަކާއި ގޮންޖެހުންތައް އޭނާ ކިޔައިދިނެވެ.

ޕްރިޔަންކާ ބުނީ އޭނާއަކީ އިންޑިއާގެ ރައްޔިތެއް ނަމަވެސް އެމެރިކާގައި އުޅެ ބޮޑުވި މީހެއް ކަމަށާއި އެމެރިކާއަކީ އޭނާގެ ދެވަނަ ގައުމު ކަމަށެވެ.

އެހެން ނަމަވެސް ކައިވެންޏަށްފަހު ނިކްގެ ސަގާފަތުގެ ގިނަ ކަންތައްތަކެއް އޭނާ ވެސް ދަސްކުރަން ޖެހުނު ކަމަށް ޕްރިޔަންކާ ބުންޏެވެ.

ހަމައެއާއެކު ނިކް ވެސް ޕްރިޔަންކާގެ ސަގާފަތުގެ ކަންކަން ދަސްކުރި ކަމަށާއި އިންޑިއާއަކީ ނިކް ވަަރަށް ގަޔާވާ ގައުމެއް ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ނިކްއާއި ޕްރިޔަންކާ ވަނީ ސަރޮގަސީ މެދުވެރިކޮށް 2022 ވަނަ އަހަރު ދަރިއަކު ހޯދާފަ އެވެ. އެއީ މަލްތީ މޭރީ ޖޯނަސް އެވެ.