އައިސްކްރީމްއަކީ އާއްމުކޮށް ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ވެސް މަގުބޫލު ކެއުމެކެވެ. އެ ކެއުމަކަށް ގިނަ ބަޔަކު ލޯބިކުރާ ކެއުމެކެވެ.
އައިސް ކްރީމަށް ލޯބިކުރާ މީހުންގެ މެދުގައި އަބަދުވެސް އެންމެ ހޫނުކޮށް ކުރެވޭ އެއް ބަހުސަކީ އައިސްކްރީމްގެ ވައްތަރުތައް ނުވަތަ "ފްލޭވާ"ތަކުގެ ތެރެއިން އެންމެ މީރު ވައްތަރަކީ ކޮބައިތޯ ކުރެވޭ ބަހުސެވެ.
މި ބަހުސްގައި މުޅި ދުނިޔެ ބައިބައި ވެފައިވާއިރު މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ދިރާސާއެއް ވަނީ ކުރެވިފަ އެވެ. އެ ދިރާސާއިން ސާފު އެއްވަނައެއް ވަނީ ހޯދިފަ އެވެ.
ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން އެންމެ ގިނަ ބަޔަކަށް ކަމުދާ އައިސް ކްރީމް "ފްލޭވާ"އަކީ ވެނީލާ އެވެ. އެއީ އެ ދިރާސާގައި ބައިވެރިވި މީހުންގެ 30 ޕަސެންޓެވެ.
ގިނަ ބައިވެރިން ބުނި ގޮތުގައި އައިސްކްރީމްގެ އެހެން ފްލޭވާތަކަށްވުރެ ވެނީލާގެ ރަހަ މީރުވެފައި ލިބޭ ހިތްހަމަޖެހުން ބޮޑެވެ. އެއާއެކު ވެނީލާ އައިސްކްރީމަކީ އެހެނިހެން ފޮނިކާތަކެތި ތައްޔާރު ކުރުމުގައި ވެސް ބޭނުން ކުރެވޭ އެއްޗެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދެވަނައަށް އެންމެ ގިނަ މީހުން ލޯބިކުރާ އައިސްކްރީމް ފްލޭވާއަކީ ޗޮކުލެޓެވެ. އެއަށްފަހު ސްޓްރޯބެރީ އެވެ.
އެކި މޭވާތަކުގެ ފްލޭވާތައް ހިމެނޭހެން ގިނަ އައިސްކްރީމް ފްލޭވާތަކެއް ބާޒާރުގައި ލިބެން ހުރި ނަމަވެސް މިއަދުވެސް ގިނަ މީހުންނަށް ކަމުދަނީ "ކްލެސިކް" ފްލޭވާތަކެވެ.