ޔޫސީއެލްއޭ ހެލްތުގެ ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ހެލީ ގޯލްޑްބެކް ވިދާޅުވި ގޮތުގައި މިކަމާ ބެހޭ ގޮތުން މީހުން ސުވާލު ކުރި ކަމަށާ އެއީ ހަގީގަތެއް ކަމަށް އެމީހުން ދެކެނީ ކީއްވެކަން އޭނާއަށް ވިސްނޭ ކަމަށެވެ.

"ބައެއް މީހުން އިސްތަށިފޭބުން ފޮރުވަން ތޮފި އެޅީމަ ހީވެދާނެ ތޮފި އެޅީމަ މީހާ ތަލަވީ ކަމަށް. އެއީ އެހެން ވާކަމެއް ނޫން. އަޅުގަނޑަށް ހީވަނީ ކުރު ޖަވާބަކީ ތޮފި އެޅުމަކީ ތަލަވާކަމެއް ނޫނޭ،" ގޯލްޑްބެކް ވިދާޅުވި އެވެ.

"އިސްތަށިފޭބުމުގެ މައިގަނޑު ސަބަބަކީ ޖެނެޓިކްސް،" އިސްތަށިގަނޑު ރީސްޓޯ ކުރުމުގެ ދާއިރާއިން ހާއްސަ ޕްލާސްޓިކް ސާޖަން އަދި ނިއުޔޯކް ސިޓީގެ މައުންޓް ސިނާއީ މެޑިކަލް ސެންޓަރުގެ އެސިސްޓެންޓް ކްލިނިކަލް ޕްރޮފެސަރު ޑރ. މައިކަލް ވޮލްފެލްޑް ވިދާޅުވި އެވެ.

ވޮލްފެލްޑް ވިދާޅުވާ ގޮތުގައި "ފިރިހެން ޕެޓާން" އާއި "ފީމެލް ޕެޓާން" ބޯލްޑްނެސް އަކީ ބޮލުގެ އިސްތަށިގަނޑާއި ހަށިގަނޑުގެ އެހެނިހެން ތަންތަނަށް އަންނަ ޑައިހައިޑްރޮޓެސްޓޯސްޓެރޯން (ޑީއެޗްޓީ) ނަމަކަށް ކިޔާ ހޯމޯނަކަށް ވާރުތަވާ ޖެނެޓިކް ސެންސިޓިވިޓީއެއްގެ ސަބަބުން ފަށައިގަންނަ ކަމެކެވެ.

ވުލްފެލްޑް ވިދާޅުވާ ގޮތުގައި ތަލަވުމަށް މެދުވެރިވާ ސަބަބުތަކަކީ "މަލްޓިފެކްޓޯރިއަލް" ސަބަބުތަކެކެވެ. ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ޓައިޓް ޕޮނީޓެއިލް ނުވަތަ ހަރުކަށި ބްރެއިޑްތަކުގެ ސަބަބުން އިސްތަށިގަނޑުގެ ފޮލިކަލްތައް ހަލާކުވެ އެވެ.

"ދިގު މުއްދަތަކަށް މިކަން ކުރަންޏާ އިސްތަށިގަނޑު ހަލާކުވާނެ،" ވޮލްފެލްޑް ވިދާޅުވި އެވެ.

ވޮލްފެލްޑް ވިދާޅުވާ ގޮތުގައި ގިނަ މީހުންނަކީ އެހާ ބާރުކޮށް ތޮފި އަޅާ މީހުންނެއް ނޫނެވެ. ހަންގަނޑުގައި ފާހަގަކޮށްލެވޭ ނިޝާނެއް ނުވަތަ އިންޑެންޓޭޝަނެއް ލާ ވަރަށް ބާރުކޮށް ތޮފި އަޅާނަމަ އިސްތަށިގަނޑަށް އޭގެ އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"މި ގޮތަށް ކޮންމެ ދުވަހަކު، ޖެހިޖެހިގެން އެތައް މަހެއް ނުވަތަ އަހަރުތަކެއް ވަންދެން ތޮފި އަޅާނަމަ އެކަމުގެ ސަބަބުން އިސްތަށިގަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިދާނެ،" ވޮލްފެލްޑް ވިދާޅުވި އެވެ.

އޭގެ ސަބަބުން އިސްތަށިފޭބުން އިތުރުވެދާނެ އެވެ.

ވަރަށް މަދުން ނޫނީ ނުފެންނަ ހާލަތްތަކުގައ ތޮފި އެޅުމުން ބޮލުން ހިއްލާ ދަލުގެ ސަބަބުން އިންފްލެމޭޝަން އުފެދި، އިސްތަށި ފޭބުން އަވަސްވުން އެކަށީގެންވެއެވެ އެވެ.

"ޖެނެރަލްކޮށް ބުނާ ނަމަ ތޮފި އަޅައިގެން ތަލައެއް ނުވާނެ" ފްރީޑްމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތޮފިން މީހާގެ އިސްތަށިގަނޑާއި މޫނު ޔޫވީ ގެއްލުމުން ރައްކާތެރިކޮށްދޭ ކަމަށާއި ހަމުގެ ކެންސަރުގެ ރިސްކް ކުޑަ ކޮށްދެ އެވެ. އަދި ތޮފި އެޅުމުން ފައިދާވެ އެވެ.