ދާދި ފަހުން އިންޑިއާގެ މުމްބާއީގައި ހުޅުވި ގަހަނާ ފިހާރައެއް ކަމަށްވާ ޓިފަނީ އެންޑް ކޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ތަރި ރަންވީރު ސިންހް ވަނީ ބައިވެރިވެފަ އެވެ.
ރަންވީރުގެ އެ ފެނިލުމުން އާއްމުންނާއި މީޑިއާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އެ ހަފްލާއަށް އޭނާ ހިޔާރުކުރި ތަފާތު ހެދުމާއި އެ ހެދުމާއެކު ބޭނުންކުރި ތަކެއްޗެވެ.
ރަންވީރު އެ ހަފްލާގައި ހުދު ކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެން ހުރިއިރު ކަރުގައި އޮތް ޓިފަނީ އެންޑް ކޯގެ ފަށުގައި ދެ ކްރޯޑް ރުޕީސްގެ އަގު ހުރި ކަމަށްވެ އެވެ. އެއާއެކު އޭނާ އަރައިގެން ހުރީ ހުދު ކުލައިގެ އުސް ބޫޓަކަށެވެ.
ރަންވީރުގެ އެ ފެނިލުން ފާހަގަ ކުރަމުން އާއްމުން އަންނަނީ ނިމިދިޔަ މެޓް ގާލާގައި ރަންވީރު ވަރަށް ތަފާތުކޮށް ފެނުނީސް ކަމަށް ބުނަމުންނެވެ.
ރަންވީރަކީ އަބަދުވެސް އޭނާގެ ފެޝަން ސްޓައިލުން އާއްމުންގެ ސަމާލުކަން ހޯދަމުން އަންނަ ތަރި އެކެވެ. އޭނާ ބޭނުންކުރާ ހެދުންތަކަކީ އާދަޔާ ޚިލާފު ތަފާތު ހެދުންތަކެކެވެ.