ނޯވޭގެ ފޯވަޑް އެރްލިން ބްރައުޓް ހާލާންޑްގެ ލަނޑުތަކާއެކު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަަތަމަ ލެގުގައި ރޭ ސެވިއްޔާ އަތުން 3-2 އިން ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވެއްޖެ އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ސޫސޯ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުމުގެ ކުރިން ޑޯޓްމަންޑް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފަ އެވެ.

ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި ޖެހީ މަހްމޫދު ދަހޫދެވެ. އަދި ފުރަަތަމަ ހާފުގައި ހާލާންޑް ވަނީ ޑޯޓްމަންޑަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ސެވިއްޔާ އިން ފަރަގު ކުޑަކުރީ މެޗުގެ 84 ވަނަ މިނިޓުގައި ލޫކް ޑެޔޮން ކާމިޔާބުކުރި ލަނޑުންނެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ދެވަނަ ލެގު ކުޅޭނީ 9 މާޗުގަ އެވެ. – ބީބީސީ