ދިރާސީ އާ އަހަރު ފެށޭ ދުވަސްވަރާ ދިމާކޮށް ދިރާގުން "ބެކް ޓު ސްކޫލް" ޚާއްސަ އޮފައެއް ލޯންޗުކޮށްފި އެވެ.
ދިރާގުން ބުނީ މި އޮފާގެ ދަށުން އާ ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަ އަދި ހިލޭ ސެޓް-އަޕް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.
މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފާ ދިރާގުގެ ކޮންމެ ފައިބަ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ ކުދިންނަށާއި މަސައްކަތްކުރާ ޓީޗަރުންނަށްވެސް ހައިސްޕީޑް އިންޓަނެޓްގެ ޙިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުން،" ދިރާގުން ބުންޏެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާރތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.
މަޖިލީހުގެ ފަހު ދައުރުގައި ނިންމާލެވުނީ 47 އިންސައްތަ މަސައްކަތް
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!
ނިދާފައި އޮންނައިރު މާ ބޮޑަށް ދާހިއްލާނަމަ ސަމާލުވޭ!