ބޮލީވުޑުގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑްކޯން ބަނޑުބޮޑުވި ފަހުން ފުރަތަމަ ފަހަރަށް ފޮޓޯއެއް އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ. މިފޮޓޯތައް ހިއްސާ ކުރުމުން ގިނަ ބައެއްގެ ލޯ މިފޮޓޯތަކަށް ވަނީ ހުއްޓިފަ އެވެ.
ދީޕިކާ މިފޮޓޯތަކަށް ނަގާފައި ވަނީ އޭނާގެ ބްރޭންޑެއް ދައްކާލުމަށް ބޭއްވި އިވެންޓެއްގަ އެވެ.
ދީޕިކާގެ ސްކިންކެއާ ބްރޭންޑް ( "82°E"ގެ ރީޓެއިލާ) ލޯންޗުކުރުމަށް ބޭއްވި އިވެންޓްގައި ނަގާފައިވާ ފޮޓޯތަކުގައި އޭނާ ފެނިގެންދަނީ ރީނދޫ ކުލައިގެ ހެދުމެއްގައި އެވެ.
މި އިވެންޓްގައި ދީޕިކާ ބައިވެރިވެ އެތަނުގައި ހުރި ޕްރޮޑަކްޓްތައް ބަލަމުން ދިޔައިރު އޭނާ ބަނޑުބޮޑުކަން ރީތިކޮށް އެނގެ އެވެ. މި އިވެންޓްގެ ފޮޓޯތައް ދީޕިކާ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރުމާ އެކު ބޮލީވުޑްގެ ބައެއް އެހެން ސެލެބްރިޓީންނާއި އޭނާގެ ފޭނުންގެ ތައުރީފް އޮހިގެން ދިޔަ އެވެ.
ދީޕިކާއާއި ރަންވީރަށް އަލަތު ދަރިފުޅު ލިބޭކަން އިއުލާނު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. އެކަން އެމީހުން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
ރަންވީރާއި ދީޕިކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އެވެ.