އިންޑިއާގެ މަހުޖަނު އަމްބާނީ އާއިލާގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީގެ އާއި ރަދިކާ މާޗަންތުގެ ޕްރީ ވެޑިން ހަފްލާގައި ކެޓީ ޕެރީގެ ހުށަހެޅުމަކަށް ތައްޔާރުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ފަސްތަރީގެ ކްރޫޒްއެއްގައި މިހާރު ކުރިއަށްދާ ޕްރީ ވެޑިން ހަފްލާތަކުގައި ކޭޓީގެ ހުށައެޅުމަކަށް އަމްބާނީ އާއިލާއިން މިލިއަނުން ހަރަދު ކުރި އެވެ.

ބުނެވޭ ގޮތުގައި މި ހުށައެޅުމަށްޓަކައި ކޭޓީ ވަރަށް އަވަހަށް ކްރޫޒްއަށް އަރާނެ އެވެ. އެގޮތުން އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

ކޭޓީގެ އިތުރުން ވެސް ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކަކަށް އާނަންތު އާއި ރަދިކާގެ ކައިވެނީގެ ހަފްލާތަކުގައި ހުށައަޅަން ވަނީ ދައުވަތު ދެވިފަ އެވެ. އޭގެ ތެރޭގައި ރިހާނާ ވެސް ހިމެނެ އެވެ.

މިހާރު ޔޫރަޕްގައި ދަތުރު ކުރަމުން އަންނަ އެ ކްރޫޒުގައި 800 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވާ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެ އެވެ.