ހޮލީވުޑް ތަރިން ކަމަށްވާ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ އަންހެން ދަރިފުޅު ޝީލޯ ޕިޓް އޭނާގެ ނަން ބަދަލުކުރުމަށް ކަމާ ބެހޭ އިދާރާއަށް ހުށަހަޅައިފި އެވެ. މިކަން އޭނާ ކޮށްފައިވީ އެނާއަށް 18 އަހަރު ފުރުނު ދުވަހު އެވެ.
އީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝީލޯ ޕިޓް ބޭނުންވަނީ އޭނާގެ ބައްޕަގެ ނަން ދޫކޮށްލުމަށެވެ. އެންޖެލީނާ އަދި ޕިޓްގެ ދަރިންދަނީ ބައްޕަގެ ނަން ދޫކޮށްލަމުންނެވެ. މިގޮތުން މި ދެމީހުން އެޑޮޕްޓްކޮށްފައިވާ ޒަހާރާ ވެސް ޕިޓްގެ ނަން ބޭނުންކުރުން ވަނީ ދޫކޮށްލާފަ އެވެ. އަދި ދެ މީހުންގެ އެހެން ދަރިއެއް ކަމަށްވާ ވިވިއެން ވެސް ވަނީ ޕިޓް މިނަން ބޭނުންކުރުން ހުއްޓާލާފަ އެވެ.
އެންޖެލީނާ އަދި ބްރެޑް ޕިޓް ކައިވެނިކޮށްފައި ވަނީ އެކީގައި އެތައް އަހަރެއް އުޅުމަށްފަހު އެވެ. 2014 ގައި ކުރި ކައިވެނި ވަނީ 2016 ގައި ރޫޅިފަ އެވެ. މި ދެމަފިރިންގެ ވަރީގެ ކަންކަން 2019 ގައި ނިމިފައިވީ ނަމަވެސް ވިޔަފާރީގެ މައްސަލައެއް އަދިވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ. މި ދެމަފިރިންގެ 6 ކުދިން ތިބެ އެވެ.
އެންޖެލީނާ އަކީ ވެސް އޭނާގެ ބައްޕަގެ ނަން ބޭނުންކުރުން ހުއްޓާލި މީހެކެވެ.