މުކޭޝް އަމްބާނީ ފަހަތަށް ޖައްސާލައި އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާ ވެސް އަދާނީ ގްރޫޕްގެ ވެރިޔާ ގައުތަމް އަދާނީ ހޯދައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ބްލޫމްބާގް ބިލިއަނާ އިންޑެކްސްގައި ވާ ގޮތުން 111 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު އަދާނީ އޮތީ ލިސްޓުގެ 11 ވަނައިގަ އެވެ. އެއީ އޭޝިއާގެ އެއްވަނަ އެވެ.
މި ބަދަލު އަންނަން މެދުވެރިވީ ބާޒާރުގައި އަދާނީ ގްރޫޕްގެ އަގު މަތިވެ ސްޓޮކްތަކުގެ އަގު މަތިވުމުން ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ.
އޭޝިއާގެ ބިލިއަނަރުންގެ ދެވަނައަށް އަމްބާނީ ވެއްޓިފައި މިވަނީ އޭނާގެ ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެންޏަށް ބޮޑު އަދަދުން ހަރަދު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ލިސްޓުގެ އެންމެ ކުރީގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ރަސްކަން ކުރަނީ 207 ބިލިއަން ޑޮލަރާއެކު ބާނާޑް އާނޯލްޓް އެވެ. ފަހަތުން 203 ބިލިއަން ޑޮލަރާއެކު ދެވަނައިގައި އޮތީ އިލަން މަސްކެވެ.

ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!
އެމްއެސްއެލް އިން މިސާލެއް: ސަރުކާރުން ތަކުރާރު ކުރާ ބޮޑު ގޯސް