މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ބަލާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ނަން މިއަދު ހުށަހަޅައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް ޝުޖާއުގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. އެ ނަމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.
ޝުޖާއުގެ ނަން ފާސް ކުރަން ފެނޭތޯ ބެލުމަށް މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެ އެވެ.
ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައި އޮންނަ ބޯޑެކެވެ.
ސަންއާ އެއާޕޯޓަށް ހަމަލާދިނީ ސައުދީން ކަމަށް ހޫތީން ބުނެފި
ރައީސާ ބައްދަލުކުރަން އެދޭ މީހުން ނޯޓުކުރަން ހުޅުވާލައިފި
އެއް ބިލިއަންގެ އާމްދަނީއެއް ހޯދި ފުރަތަމަ ބައޮޕިކްއަކީ މައިކަލް!