ކައިވެނި ޕާޓީތައް ބޭއްވުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭ އިން އަންގާފައި ވަނިކޮށް މިއަދު ހަވީރު މާލޭގައި ބޭއްވި ކައިވެނި ޕާޓީއެއް ހުއްޓުވައި، ސޯލްޓް ކެފޭ ޖޫރިމަނާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 5:30 ގައި ފުރަތަމަ ފުލުހުން ގޮސް އެ ޕާޓީ ހުއްޓުވުމުން، އަނެއްކާވެސް ޕާޓީ ކުރިއަށް ގެންދިޔައީ ކަމަށެވެ. އެހެންވެ އަނެއްކާވެސް ގޮސް ޕާޓީ ހުއްޓުވީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސޯލްޓް ކެފޭ ޖޫރިމަނާކޮށްފައި ވަނީ 5،000 ރުފިޔާ އިންނެވެ.
މާލޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ އެއްވެސް ބާވަތެއްގެ ޕާޓީއެއް ނުވަތަ ހަފްލާއެއް ބޭއްވުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކުން ކޮވިޑްގެ ބޮޑު ކްލަސްޓާއެއް އުފެދިގެން ގޮސްފައިވެ އެވެ.

އަބުބާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ
ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ
މިދުވަސްވަރު ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު

މިހާރު މިގައުމުގައި އުޅުމަކީ ބޮޑު ބ ވެރިކަމެއް