ލ. ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދަނބިދޫ އިރުމަތީ ފަރާތު މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު ހަވީރު 16:55 ހާއިރު ކަމަށެވެ. އަދި އެމީހާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ އެ ރަށަށް އުފަން އުމުރުން 65 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.
މިދިޔަ ހަފްތާގައި އައްޑޫގައި ގެއްލިގެން ހޯދި ބިދޭސީއަކު ވެސް މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
ވޮލީ ކޯޗަކު ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
އޯޓީޓީ ޕްލެޓްފޯމްތަކުގެ ނުފޫޒު ގަދަވާތީ ކަންބޮޑުވުން ފާޅުކޮށްފި
"ދުރަންދަރް" މިމަހު 30ގައި ނެޓްފްލިކްސްއަށް އަންނަނީ!