ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ސަތަރޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން އޭނާގެ ދަރިފުޅު އަދި އެކްޓަރު ލަވް ސިންހާ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސަތަރޭ އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ މުމްބާއީގެ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގަ އެވެ.

ސަތަރޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި މިވަނީ އޭނާގެ އަންހެން ދަރިފުޅު އަދި ބަތަލާ ސޮނާކްޝީ ސިންގް ކައިވެނި ކުރިތާ ދުވަސްތަކެއް ފަހުންނެވެ.

ސޮނާކްޝީ އާއި ބޮލީވުޑްގެ އެކްޓަރު ޒަހީރު އިގްބާލް ކައިވެނިކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އެކްޓަރު ލަވް ސިންހާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަތަރޭ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ވައިރަލް ހުމެއްގެ ސަބަބުންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެއްގެ ގޮތުގައި ވެސް ހުރި ސަތަރޭ އަކީ 70 އާއި 80 ގެ އަހަރުތަކުގެ ތެރޭގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. ކުރިން މިނިސްޓަރުކަން ވެސް ކޮށްފައިވާ ސަތަރޭ އަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ އެކްޓަރެކެވެ.

އެގޮތުން އޭނަ އެންމެ ފަހުން ފެނިފައި ވަނީ ދަރުމެންދުރާ އާއި އޭނަގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލް އެކީގައި ކުޅުނު 2018 ގެ "ޔަމްލާ ޕަގްލާ ދީވާނާ ޕިރު ސޭ" އިންނެވެ.

މި އަހަރުގެ ކުރީކޮޅު ސަތަރޭ ވަނީ "ގޭންގްސް އޮފް ގަޒީއާބާދު" ގެ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ.