މި ޖުލައި މަހުގެ 12 ވަނަ ދުވަހު އޮންނަ އާނަންތު އަމްބާނީ އާއި ރަދިކާ މާޗަންތުގެ ކައިވެނީގައި ހުށައެޅުމަށް ލަވަކިޔުންތެރިޔާ ޖަސްޓން ބީބާ މުމްބާއީއަށް ގޮސްފި އެވެ.

ބީބާ މުމްބާއީއަށް އައުމަށްފަހު އެއާޕޯޓުން ނުކުންނަ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި މަހުޖަނު އަމްބާނީ އާއިލާއިން އެ އާއިލާގެ އެންމެ ހަގު ދަރިފުޅުގެ ކައިވެންޏަށް ބީބާ ގެނެސްފައި ވަނީ 10 މިލިއަން ޑޮލަރުގެ އަގެއްގަ އެވެ.

ބީބާއަކީ އިންޑިއާގައި މަގުބޫލު ޝަހުސިއްޔަތަކަށްވާއިރު އެ ހަފްލާގައި އޭނާގެ ހުށައެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ބީބާގެ އިތުރުން ވެސް ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އެޑެލް، ޑްރޭކް އަދި ލާނާ ޑެލް ރޭ ފަދަ ފަންނާނުން ގެނައުމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.