ރާއްޖޭގެ މާލީ ހާލަތު އޮޅުންފިލުވުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރުން މާލިއްޔަތު ކޮމެޓީގެ އެޖެންޑާއިން ނަގައިފި އެވެ.
ގަވަރުނަރު އަލީ ހާޝިމް މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ކުރިން އެޖެންޑާ ކޮށްފައި ވަނީ މިއަދު 11:00 ގައި އެވެ. އަލީ ހާޝިމްއާއި އެކު އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
އަލީ ހާޝިމް ހާޒިރުކުރުން އެޖެންޑާއި ނެގި ސަބަބެއް މަޖިލީހުން ހާމަކޮށްފައި ނުވެއެވެ.
ގަވަރުނަރު އަލީ ހާޝިމް މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ސަރުކާރު މެންބަރުން ތުހުމަތު ކުރައްވަފައި ވެއެވެ. އަދި ގަވަރުނަރު ވަކި ކުރުމަށް ރައީސަށް ލަފާދިނުމަށް މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ގަވަރުނަރު ކަމަށް އަލީ ހާޝިމް ހަމަޖެއްސެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައެވެ. އަލީ ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008-2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ އެވެ.
އައުގާފް ކުންފުނީގެ އެމްޑީއަކަށް ޕެންޝަން ބޯޑުގެ މެންބަރު ޔާމީން
މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ 1' އަށް މަތިކޮށްފި
ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގެ ޑްރައިވަރަށް ދައުވާކޮށްފި