އިންޑިއާގެ މަޝްހުރޫ ޓީވީ ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕާޓީ އާއި އޭނާގެ ފިރިމީހާ ވިވެމް ދަހިޔާ އިޓަލީގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް އެމީހުންގެ މުހިއްމު ތަކެތި ވަގަން ނަގައިފި އެވެ.

ދިވްޔަންކާ އާއި އޭނާގެ ފިރިމީހާ ވިވެމް އިޓަލީއަށް ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ އެމީހުންގެ ކައިވެންޏަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުނެވެ.

ދިވްޔަންކާ އާއި ވިވެމްގެ ލާރިއާއި މުހިއްމު ތަކެތި ވަގަން ނަގާފައިވަނީ އެމީހުން ދަތުރުކުރި ކާރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ. އެވަގުތު ކާރު އޮތީ އެމީހުން ތިބޭ ހޮޓަލުގެ ކުރިމަތީގައި ޕާކުކޮށްފަ އެވެ. އެކާރު ތަޅު ހަލާކު ކޮށްލައިގެން ވަގަން ގެންގޮސްފައި ވަނީ ދިވްޔަންކާމެންގެ އަތުގައި ހުރި 10 ލައްކައެއްހާ އިންޑިއާ ރުޕީސް އާއި ކްރެޑިޓް ކާޑުތަކާއި ޕާސްޕޯޓުތައް އަދި އަގު ބޮޑުކޮށް ގަނެފައިވާ ބައެއް ތަކެއްޗެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލަ އިޓަލީގެ ފްލޮރެންސް ސިޓީގެ ފުލުހުންނަށް ހުށަހެޅި ނަމަވެސް މިމައްސަލަ ބެލޭގޮތް ވަނީ ނުވެފަ އެވެ. އެއީ ކާރު ޕާކުކޮށްފައިވާ ސަރަހައްދަކީ އެއްވެސް ސީސީޓީވީ ކެމެރާއެއް ނެތް ސަރަހައްދަކަށް ވާތީ އެވެ.

މީޣެ އިތުރުން އެމީޙުން ވަނީ އިޓަލީގައި ހުންނަ އިންޑިއާ އެމްބަސީއަށް ވެސް މިމައްސަލަ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އެމްބަސީ މިއަދު ބަންދުވުމުގެ ސަބަބުން އެމްބަސީއިން ވެސް އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ދިވްޔަންކާ އާއި ވިވެމް މިހާރު ތިބީ އެކުވެރިއެއްގެ އެހީތެރިކަމާއެކު ކުޑަ ހޮޓަލެއްގަ އެވެ.

ދިވްޔަކްނާ ބުނެފައިވަނީ އެމީހުން މިވަގުތު ބޭނުންވަނީ ވަގުތީ ޕާސްޕޯޓެއްގައި ވެސް އަމިއްލަ ގައުމަށް އެނބުރި ދިއުމަށެވެ.

ދިވްޔަންކާ ކޮށްފައިވާ ޕޯސްޓް

ދިވިޔަންކާ އާއި ވިވެކް ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ.

ކަލާޒް ޗެނެލުން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ސީޒަން 11 ގައި ވެސް ވާދަކުރި ދިވްޔަންކާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2019 ގައި ނިންމައިލި "ޔޭ ހޭ މޮހައްބަތޭ" އެވެ.

އޭނަ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ތޭރީ މޭރީ ލަވް ސްޓޯރީސް"، "ބަނޫ މޭ ތޭރީ ދުލްހަން" އަދި "އިންތިޒާރު" ހިމެނެ އެވެ.

ވިވެކް ކުޅެފައިވާ "ގަޔާމަތު ކީ ރާތު" އާއި "ކަވަޗް" އަދި "ޔޭ ހޭ މޮހައްބަތޭ" ހިމެނެ އެވެ.