ރާއްޖޭގެ މަރުކަޒީ ބޭންކު, އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރެއްވުމަށް ރައީސްއަށް ލަފާދެއްވުމާ ގުޅޭ މައްސަލަ ފެށުމަށް ތާވަލުވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަން އަންގަވައިފި އެވެ.
ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކޮށް، ސުވާލު ކުރުމަށް މިއަދުގެ ހެނދުނު 11:00 އަށް ވަނީ ތާވަލްކޮށްފަ އެވެ. ގަވަރުނަރަށް ވަޑައިނުގެންނެވޭތީ މިއަދުގެ ކޮމިޓީ ވަނީ ކެންސަލްކޮށްފަ އެވެ.
ގަވަރުނަރު އަލީ ހާޝިމް މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ސަރުކާރު މެންބަރުން ތުހުމަތު ކުރައްވަފައިވެ އެވެ. ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
ނިދާފައި އޮންނައިރު ވެސް ސަރުބީ ވިރުވައިދޭ ބުއިމެއް!
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
މިއީ މޫނު ދޮވުމުގައި ސަމާލުވާންވީ ކަމެއް!