ޔޫތު މިނިސްޓްރީގެ ޕޮލިޓިކަލް އެޕޮއިންޓީސް ވަޓްސްއެޕް ގްރޫޕްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭގެ ސިޔާސީ ބޭފުޅުން ތިއްބަވާ ހަތަރުވަނަ ފަންގިފިލާގެ ހާލަތަކީ ގޮނޑިއެއް ނެތްތާ ފާހާނާއެއް ވެސް ނެތް ކަމަށް. ފާހާނާކުރަން ދާން ޖެހެނީ ގެއަށް ކަމަށް ބުނެފައިވޭ. އަދި ސިސްޓަމެއް ނެތުމާއި އަދި މަސައްކަތަށް ގެންދަން ޖެހެނީ އަމިއްލަ ލެޕްޓޮޕް ކަމަށް ވެސް ވަޓްސްއެޕް ގްރޫޕްގައި ބުނެފައިވޭ.

ޔޫތު މިނިސްޓްރީގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިށިންނާނެ ގޮނޑި، ބޭނުން ކުރާނެ ސިސްޓަމެއް އަދި އިންޓަނެޓް ވެސް ނުލިބޭ ކަމަށް ބުނެ ޝަކުވާކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޔޫތު މިނިސްޓްރީގެ ޕޮލިޓިކަލް އެޕޮއިންޓީސް ވަޓްސްއެޕް ގްރޫޕްގައި އެ ބޭފުޅުން ދަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މުވައްޒަފުން މަސައްކަތް ކުރާނެ މާހައުލެއް ގާއިމުވާން އެބަޖެހޭ ކަމަށާއި ހަމަސް ވެގެން ދިޔައިރު އިށިންނާނެ ގޮނޑިއެއް ނެތި އުޅުއްވާ ބޭފުޅުން މަދު ނޫން ކަމަށް އެ މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނަވާ އަހުމަދު އާތިފް ކިޔާ ބޭފުޅަކު އެ ގުރޫޕްގައި ލިޔުއްވާފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ޕޮލިޓިކަލް އެޕޮއިންޓީސް ވަޓްސްއެޕް ގުރޫޕްގެ ލީކްވެފައިވާ ޗެޓް ލޮގް

މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭގެ ސިޔާސީ ބޭފުޅުން ތިއްބަވާ ހަތަރުވަނަ ފަންގިފިލާގެ ހާލަތަކީ ގޮނޑިއެއް ނެތްތާ ފާހާނާއެއް ވެސް ނުހުންނައިރު, ފާހާނާކުރަން ދާން ޖެހެނީ ގެއަށް ކަމަށާއި ސިސްޓަމެއް ނެތުމާއި އަދި މަސައްކަތަށް ގެންދަން ޖެހެނީ އަމިއްލަ ލެޕްޓޮޕް ކަމަށް އެހެން ބޭފުޅަކު ވިދާޅުވެފައިވެ އެވެ. އަދި އިންޓަނެޓް ހިދުމަތް ވެސް އެތަނަށް ނުލިބޭ ކަމަށާއި ކަރަންޓަށް ގުޅަންޏާ އަމިއްލަ ވާގަނޑު ގެންދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެތާނގައި މިހާރު ވެސް ތިން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް ގޮނޑިއާއި މޭޒު ނެތް ކަމަށް ވެސް އޭނާ ލިޔުއްވި ހަތް ނުކުތާގެ ލިސްޓުގައިވެ އެވެ.

"އަޅުގަނޑަށް ހީވަނީ މިތަނުގައި ދެވަނަ ދަރަޖައެއްގެ ސިޔާސީ ބޭފުޅުން ނޫޅުއްވާހެން. އެއްބަޔަކު ކެބިން ނަންގަވައިގެ އަނެއް ބަޔަކު ސިޑިބަރީ ބެންޗްގައި އުޅެން މިޖެހެނީ،" އާތިފް ގްރޫޕްގައި ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ޕޮލިޓިކަލް އެޕޮއިންޓީސް ވަޓްސްއެޕް ގުރޫޕްގެ ލީކްވެފައިވާ ޗެޓް ލޮގް

ސިޔާސީ ބޭފުޅުންގެ މެދުގައި ތަފާތުކުރުން ގެންގުޅުއްވާކަމަށް ވެސް އެ ގްރޫޕްގައި ބައެއް ބޭފުޅުން ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން ހަމައެކަނި ޑެޕިއުޓީ މިނިސްޓަރު އަސީލު ހުރިހާ ކަމެއްގައި ބައިވެރި ކުރައްވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ޕޮލިޓިކަލް އެޕޮއިންޓީސް ވަޓްސްއެޕް ގުރޫޕްގެ ލީކްވެފައިވާ ޗެޓް ލޮގް

"ވަކި މީހަކު ތިމާމީ މާ ގަދަ މީހެއްކަމަށް ދައްކަން އުޅުނީމަ ވެސް ކަމަކު ނުދޭ. އެންމެނަށް ވެސް ފުރުސަތު އޮންނަންވާނެ،" އަހުމަދު ނިޒާމް ކިޔާ ބޭފުޅަކު އެ ގްރޫޕްގައި ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު 70 އަށް ވުރެ މަތިކަމަށްވެ އެވެ. ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ސަރުކާރުން ވަނީ ސިއްރު ކޮށްފަ އެވެ. ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން ވެސް އެހެން މިނިސްޓްރީތަކަށް ވުރެ ޔޫތު މިނިސްޓްރީގައި ވަރަށް ގިނަ ކަމަށް މައުލޫމާތު ލިބެ އެވެ. ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައި ވެސް އެބަ ތިއްބެވި އެވެ.

ސަރުކާރުން ބެލުމެއްނެތި ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންދާއިރު، ގިނަ މިނިސްޓްރީތަކުގައި އެބޭފުޅުން އިށިންނާނެ ގޮނޑި ނެތް ކަމަށްވެ އެވެ.