ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރޭ ފަތިހު މަރުވެއްޖެ އެވެ.
މިއީ މިމަހުގެ ތެރޭގައި މަރުވި 10 ވަނަ މީހާ އެވެ.
އެޗްޕީއޭއިން ބުނީ ރޭ ފަތިހު 5:06 ގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންގެންދިޔަ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދު މަރުވި މީހާއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑްގެ ތިންވަނަ ރާޅެއް ފެތުރި ދުވާލަކު ޕޮޒިޓިވްވާ ރޭޓް 100ން މަތީގައި ހުންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
އެޑިއުކޭޝަން މިނިސްޓްރީން ޕެންޝަން ފައިސާ ޖަމާ ނުކުރާތާ 6 މަސް
ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލު ވާންޖެހޭ!