ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރެއްވުމަށް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް އެނގޭ ރިސިޓް ހާމަކުރަން ހައިކޯޓުން ނިންމި ނިންމުން ސްޕްރީމް ކޯޓުގައި މިހާރުގެ ސަރުކާރުން އިސްތިއުނާފު ކުރުމަށްފަހު، އެ މައްސަލަ އަނބުރާ ގެންގޮސް ހައިކޯޓުން އެދުނު ގޮތަށް ރިސިޓްތަކާ އެކު މައުލޫމާތު ހާމަކުރުމަށް ބަންޑާރަ ނައިބު ލަފާދެއްވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ބާތިލް ކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ އަނބުރާ ގެންދިއުމަށް ނިންމެވީ ހައިކޯޓްގެ ނިންމުން އަލުން ދިރާސާ ކުރެއްވުމަށް ފަހުގައި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
މި މައްސަލަ އާ ގުޅިގެން އިއްޔެ ބޭއްވި އަޑުއެހުމުގައި އެ ދަތުރުގެ ހަރަދުތަކުގެ ތަފްސީލުތައް އެނގޭ ރިސިޓް ހާމަކުރަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ރައީސް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ހަރަދު ކުރެއްވި ތަފްސީލްތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުން ނިމިދިޔަ ދައުރުގެ ފަހުކޮޅު އެވެ.
 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					