ނިއުކާސަލްގެ ކުރީގެ ކޯޗު ގްލެން ރޯޑާ އިއްޔެ މަރުވެއްޖެ އެވެ.

ރޯޑާ ،65، މަރުވީ ސިކުނޑީގައި އުފެދުނު ޓިއުމަރަކާ ގުޅިގެން، ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު އެވެ. ރޯޑާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން އެންމެ ފުރަތަމަ އެނގުނީ 2003 ވަނަ އަހަރެވެ.

ރޯޑާގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ނިއުކާސަލްގެ އިތުރުން، ވޮޓްފޯޑް، ވެސްޓްހޭމް، ނޯޥިޗް ސިޓީ އަދި ގިލިންހަމް އަށް ކޯޗުކޮށްދީފަ އެވެ. އަދި އިންގްލެންޑްގެ ގައުމީ ޓީމުގައި ގްލެން ހޮޑެލްގެ ކޯޗިން ސްޓާފުންގެ ތެރޭގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި، ރޯޑާ ވަނީ ނިއުކާސަލް، ވޮޓްފޯޑް، ކިއުޕީއާރް އަދި ލެޔޮންޓް އޯރިއެންޓަށް ކުޅެފަ އެވެ. ރޯޑާގެ ކެރިއަރުގައި ޖުމްލަ 500 އަށްވުރެ ގިނަ މެޗު ކުޅުނުއިރު، ނިއުކާސަލް އަށް އޭނާ ވަނީ 219 މެޗު ކުޅެފަ އެވެ. – ބީބީސީ