ކެނެޑާގެ ޓްރައިއެތުލީޓް ޓައިލާ މިސްލޯޗުކް ސެއިންގައި ފެތުމަށްފަހު "10 ފަހަރު" ހޮޑު ލެވުނު ކަމަށް އޭނާ ބުނެފި އެވެ. ނަމަވެސް ހޮޑު ލެވުނީ ސެއިން ކޯރުގެ ފެނުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން ނޫން ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ފިރިހެނުންގެ ޓްރައިތެލޯން ގައި ސެއިން ކޯރުގައި ފެތުމަށްފަހު އެތުލީޓް ހޮޑުލި ވީޑިއޯ ވައިރަލްވުމާ ގުޅިގެން، އުމުރުން 29 އަހަރުގެ އެތުލީޓް ވަނީ "ރޭހުގައި ވަރަށް ގިނަ އިން ފެން ބޮވުނު" ކަމަށް ބުނެފަ އެވެ

ހާއްސަކޮށް އެންމެ މޮޅު މީހުންނާ ވާދަކުރާއިރު ޓްރައިތެލޯނަކީ ފަސޭހަ މުބާރާތެއް ނޫނެވެ.

މި އިވެންޓްގައި އެތުލީޓުން ޓެސްޓު ކުރަނީ ފެތުމާއި ސައިކަލް ދުއްވުމާއި ދުވުން ފަދަ އުނދަގޫ ކޮމްބިނޭޝަނަކާ އެކުއެވެ. ޖުމްލަކޮށް އޮލިމްޕިކް ޓްރައިތެލޯންގެ ދުރުމިނަކީ 51.5 ކިލޯމީޓަރު (32 މޭލު) އެވެ. އޭގެ ތެރޭގައި ހިމެނެނީ 1.5 ކިލޯމީޓަރު (0.93 މޭލު) ފެތުމާއި، 40 ކިލޯމީޓަރު (25 މޭލު) ގެ ބައިސްކަލް ދުއްވުމުކާއި، 10 ކިލޯމީޓަރު (6.2 މޭލު) ދުވުމެވެ.

ޕެރިސްގެ ސެއިން ކޯރަކީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ކޯރެކެވެ. އޮލިމްޕިކްސްއަށް ކޯރު ސާފުކުރި ނަމަވެސް ކޯރުގެ ބެކްޓީރިއާ ލެވެލް ގިނަވެގެން ފިރިހެނުންގެ ޓަރައިތެލޯން އެއް ދުވަސް ލަސްކުރަން ޖެހުނެެވެ.