ތައިލެންޑްގެ ވެރި ރަށް ބެންކޮކްގެ ހޮޓެލެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ދިވެހިން އާންމުކޮށް ގޮސްއުޅޭ ބެންކޮކުގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިފައިވަނީ މިއަދު އެވެ.
"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ތ. ތިމަރަފުށީ، މުއާވިޔަތު މޫސާ އެވެ. އޭނާ މަރުވިކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޭނާގެ އާއިލާއަށް އަންގާފައިވާ ކަމަށް ވެސް ވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމާގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ނިމިދިޔަ ޖުލައި މަހު ބެންކޮކް ހޮޓަލެއްގައި ހަ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ. ޓޫރިސްޓުންނަށް އަމާން ގައުމެއްގެ ގޮތުގައި ޓޫރިޒަމް ޕްރޮމޯޓް ކުރަމުން އަންނަ އެ ގައުމުގައި އެ ހާދިސާއާ ގުޅިގެން ކަންބޮޑުވުން އުފެދިފައިވެ އެވެ. ބެންކޮކަކީ ވިޔަފާރި އާއި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ދަތުރުކުރާ ގައުމެކެވެ.
ޑައެޓް ކޯކާއި ޒީރޯ ކޯކުގެ ތަފާތަކީ ކޮބާ؟
އިންޑިއާއަށް ބަދަލުވި ސަބަބު މާދުރީ ބުނެދީފި
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވައޭ ބުނާނެ މީހަކު ނެތް: ރައީސް