ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ އެކްސްގެ ފައުންޑަރު އެލަން މަސްކްއަށް ޖަލު ހުކުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ނިމިގެންދިޔަ އޮލިމްޕިކްސްގެ ތެރޭގައި މައްސަލަ ބޮޑުވި އަލްޖީރިއާގެ ބޮޑީ ބިލްޑަރު އިމާން ޚަލިފް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި އެލަންއަށް ވަނީ އޮންލައިންކޮށް ފުރައްސާރަ ކުރުމުގެ ދައުވާ އުފުލާފަ އެވެ.

އިމާން އެ ޝަރީއަތް ކާމިޔާބު ކޮށްފިނަމަ ޖުމްލަ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު 214،000 ޔޫރޯއާ ހަމައަށް ޖޫރިމަނާ ކުރުން އެކަށީގެންވެ އެވެ.

އެލަން މަސްކްއަކީ އިމާންގެ މައްސަލާގައި ފާޅުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ފުރައްސާރަކުރި މަޝްހޫރު ޝަހްސިއްޔަތުތަކުގެ ތެރެއިން އެކެކެވެ.

އެލަންގެ އިތުރުން ހެރީ ޕޮޓާގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންވެސް އިމާންއަށް ފުރައްސާރަ ކޮށްފައިވާތީ އޭނާގެ ނަން ވެސް ދައުވާގައި ހިމަނާފައިވެ އެވެ. އެހެން ކަމުން ރޯލިންއަށް ވެސް ހަމަ އެ ހުކުމް އައުން ވަރަށް ގާތެވެ.

އޮލިމްޕިކްސްގެ އަންހެން ބޮޑީ ބިލްޑިން ކެޓަގަރީގައި ވާދަކުރަން އިމާންގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ގިނަ ބަޔަކު ކުރަމުންދިޔަ ފުރައްސާރައާއެކު ވެސް އޭނާ ވަނީ އެ ކެޓަގަރީއިން ރަން މެޑަލް ހޯދާފަ އެވެ.