ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް އާއި ބ. ކަމަދޫގައި މިފަހަރު ބޭއްވި އީދު ކުޅިވަރުތަކުން ވިދާލި ޒުވާނެއް ކަމަށްވާ އާމިނަތު ޒާރާގެ ކައިވެނީގެ ތައްޔާރީތައް ކުރަމުންދާކަން އެނގިއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު 10 ގަ އެވެ.
ފަރި ހަރަކާތްތަކުން ގިނަ ބައެއްގެ ހިތް އަތުލި ޒާރާ މި ހާއްސަ ކައިވަންޏަށް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ޒާރާގެ އާއިލާ ވެސް މި ކައިވަންޏަށް ރުހި ގަބޫލުކަމަށްވެ އެވެ.
ޒާރާގެ ގާތް މީހަކު ބުނީ އެ އާއިލާއާ ރަށުގެ ގިނަ ބަޔަކު ތިބީ މި ކައިވެންޏާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އަދި ޒާރާ ކައިވެނީގެ ކުރިން މިހާރު ވަނީ ރަށު ކައުންސިލްގައި އޭނާ އަދާކުރަމުން އަންނަ ވަޒީފާއިން ވެސް ކެނޑެން ސިޓީ ލައިފަ އެވެ.
ދާދިފަހުން ސިޔާމް ވަނީ ޒާރާގެ އުފަން ރަށް ކަމަދޫއަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން ޒާރާގެ އާއިލާގެ މެމްބަރުން ވަނީ ސިޔާމުގެ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑްގައި ޗުއްޓީ ހޭދަކުރުމަށް ގޮސްފަ އެވެ. އެ މީހުން ގެންދިޔައީ ކަމަދޫން ސީޕްލޭނެއްގައި ކަމަށްވެ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒާރާ ސިޔާމް އާ ކައިވެނި ކުރުމަށް ރަން ކިޔާފައިވަނީ ދެ ގެސްޓްހައުސްއަށެވެ. އެއީ ޒާރާއާ އޭނާގެ ދައްތައާ ދެމީހުނަށް ދެ ގެސްޓްހައުސް ކަމަށްވެ އެވެ.
ޒާރާއާ ސިޔާމްގެ ކައިވެނީގެ އަޑު ފެތުރިފައިވަނިކޮށް، މި މަހު ސިޔާމް ވަނީ ކަމަދޫ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ނިންމާފަ އެވެ. އެރަށު ކައުންސިލުން ބުނީ މި ނިންމުން ނިންމީ "ސިޔާމް ކެއާ" އާ އެ ކައުންސިލާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަށް ފަހުގައި ކަމަށެވެ.
ޒާރާއަކީ މިދިޔަ ބޮޑު އީދު ތެރޭގައި ކަމަދޫގައި ބޭއްވި ކުޅިވަރުތަކުގައި އޭނާގެ ނެށުމުގެ ފަރި ހަރަކާތްތަކުން އެތައް ބައެއްގެ ސަމާލުކަން ލިބި ސޯޝަލް މީޑިއާގައި ވައިރަލްވި ޒުވާނެކެވެ.
މުސްތަގްބަލުގެ މިނިސްޓަރަކަށް ވާނެ އަންހެނެއް ޒާރާއަކީ ވެސް
ރުހުނަސް ނުރުހުނަސް ހެޔޮ. ކާވެންޏަށް އެދުނީ ޒާރާއެއްނޫން. ޝިޔާމު ޒާރާ ބޭނުމިއްޔާ ބުނި ވަރެއް ތަނަށް ދީފައި ޒާރާ ގެންދެވޭނީ. އެހެން ކުއްޖަކު ތިޔަކަމާ އުޅޭކަމުގެ އެއްވެސް ވާހަކައެއް އެއްވެސް ޓިކްޓޮކެއްގަ އަދިއެއްނެތް. ދެރައީ މިހާ ދުވަސްވީއިރު ފިރިހެނަކު ޒާރާ ހުހަށް ހުންނަން ފުރުސަތު ދިންކަން. މިހެން ބުނިއަޑު އަމާ ނުރުހިިގެން ކައިވެނި ނުކުރެވޭ ކުދިން ތިބިކަން މަސް ދަންނަން އިނގޭ. ތީ ހަމަ ކަމަދޫވިއްޔަދޯ.
ތިކާވެންޏަކީ ބޭކާރު ކާވެންޏެއް ތަނަކުން އެއްޗެއް ފެންނަ އިރައް ވާނެ ތޮރުފެން ލައުނަތް ހުރި ހަލާކު ހުރި
ޝިޔާމް އާއި ޒާރާއަށް ހެޔޮވިސްނުން ދެއްވާ ކަށްވަޅުގެ އަޒާބު ލުއި ކުރައްވާނދޭވެ.
ޚަބަރުތަކުން އެގެނީ ތިޔަކައިވެންޔަކީ ފައިސާގެ ދަހިވެތިކަމުގެ ކުރާކަމެއްހެން ރަންވެސް ކީކަމައްވަނީ ދެގެސްޓް ހައުސްއައް ކަމައް
ޒާރާގެ ނިންމުން ރަނގަޅު. މިފަހަކަށްއައިސް ގިނަ ދިވެހި ފިރިހެނުންގެ އުޅުމެއް ޒިންމާދާރުކަމެއް ނެތުމާއި އަންހެންކުދިންގެ ޒުވާން ޢުމުރު ގެއްލުވާލައި އެކުއްޖާ ދޫކޮށްލުންވަނީ އާންމުވެފައި. އެހެންވީމަ އޭނަ ރަނގަޅު.
ބުރި ހެޔޮވަރުކޮށް ނަށާލާ ކޮންމެ އަންހެކާ އިންނަމުންދާންވީ. އާހިރުގައި މަހުޖަނުންގެ ސުންޕާކަމާ އުމުރާ ނުގުޅޭ ކައިވެނިތައް ވަނީ ގިނަ. ހަށި ވިއްކުމަކީ ދިވެހިންގެ ސަގާފަތެއްބާ
ދެެން ޒާރާގެ ނެށުން ނުފެންނާނެ