މިދިޔަ މަހު ބޭއްވި މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެނީގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދިޔަ އެވެ.
އެހެން ނަމަވެސް ހާއްސަ ދައުވަތަކާއެކު ވެސް އެ ހަފްލާތަކަށް ހާޒިރުނުވި ބޮލީވުޑްގެ ބައެއް ތަރިން ވެސް އުޅެ އެވެ. އޭގެ ތެރެއިން އެއް ތަރިއަކީ ކަންގަނާ ރަނޯޓް އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ވަނީ އަމްބާނީގެ ހަފްތާތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ އެ ހަފްލާތަކުން އޭނާ ނުފެނުނު ސަބަބު ވެސް ބުނެދީފަ އެވެ.
ކަންގަނާ ބުނީ ހުދު އާނަންތު އަމިއްލައަށް އޭނާއަށް ގުޅައި ކައިވެންޏަށް ދައުވަތު ދިން ކަމަށާއި އެހެން ނަމަވެސް އެ ހަފްލާތަކަށް ނުދެވުނީ ހަމަ އެ އެ ދުވަސްވަރު އޭނާގެ ކޮއްކޮގެ ކައިވެނި ވެސް އޮތުމުން ކަމަށެވެ.
މީގެ އިތުރުން ވެސް ފިލްމީ ދާއިރާ ނުވަތަ މަޝްހޫރު ޝަހްސިއްޔަތުތަކުގެ ކައިވެނިތަކަށް ދާން އެހާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށް ވެސް ކަންގަނާ ބުންޏެވެ.
ކަންގަނާގެ އިތުރުން އާނަންތުގެ ކައިވެނިން ނުފެންނަ ބޮލީވުޑް ތަރިންގެ ތެރޭގައި ސައިފް އަލީ ޚާން، ކަރީނާ ކަޕޫރު، އަކްޝޭ ކުމާރު އަދި އަނުޝްކާ ޝަރްމާ ވެސް ހިމެނެ އެވެ.