ފެނަކަގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ހަމަޖައްސައިފި އެވެ.
ފެނަކައިން މިކަން އިއުލާންކުރީ މިއަދު އެވެ. ރުކުމާ މީގެ ކުރިން ހުންނެވީ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑީއެމްޑީގެ މަގާމުގަ އެވެ.
ފެނަކަގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ނާއިފް އެމަގާމުން ވަކިކުރެއްވުމާ ގުޅިގެން މިއަދު ފެނަކައިން ވަނީ ނާއިފްގެ ހިދުމަތަށް ޝުކުރު އަދާކޮށް އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނާއިފްއަކީ މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމްގެ ވަރަށް އަރިސް ބޭފުޅެކެވެ. މީގެ އިތުރުން ނާއިފްއަކީ ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު މުއިއްޒުގެ އިންތިހާބީ އެޖެންޓެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ގިނަ ބަދަލުތަކެއް ސަރުކާރުން ވަނީ ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި ގެނެސްފަ އެވެ.
އީރާނާއެކު ސުލްހައިގެ އެއްބަސްވުމުގައި މި ހަފްތާގައި ސޮއިކުރަނީ
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!
ބައެއް ރަށްރަށުގައި ވަނީ ވޯޓާސް ލިސްޓް އޮޅުވާލާފައި: މީކާއީލް