ކަންގަނާ ރަނޯޓް އޭނާގެ އެންމެ ފަހުގެ ފިލްމު "އެމަޖެންސީ"ގެ ޕްރޮމޯޝަންތަކުގައި އަވަދިނެތި އުޅެމުން އަންނައިރު އޭނާގެ ބައެއް އިންޓަވިއުތަކަކީ މީޑިއާގައި ވައިރަލްވާ އިންޓަވިއުތަކެކެވެ.

އެގޮތުން މިފަހުން އޭނާ ދިން އިންޓވިއުއެއްގައި ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުއާ ބެހޭ ގޮތުން ދެއްކި ވާހަކައެއް މިވަނީ ވައިރަލްވެފަ އެވެ. އެ އިންޓަވިއުގައި ކަންގަނާ ވަނީ އަކްޝޭ ކުމާރާއެކު މަސައްކަތް ކުރަން ދެކޮޅުހެދި ސަބަބު ބުނެދީފަ އެވެ.

އެގޮތުން އަކްޝޭގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ސިންގް އިޒް ބްލިންގް" އެންމެ ފުރަތަމަ ހުށައެޅުނީ އޭނާއަށް ކަމަށާއި އެހެން ނަމަވެސް އެ ފިލްމަށް އޭނާ ނޫނެކޭ ބުނި ކަމަށް ކަންގަނާ ބުންޏެވެ.

އެ ނިންމުމުގެ ފަހަތުގައިވާ ސަބަބަކީ ކޮބައިތޯ އަކްޝޭ އެހުމުން ކަންގަނާ ދިން ޖަވާބަކީ އަކްޝޭގެ ފިލްމުތަކުގައި އަންހެނުންނަށް ކުޑައިމީސް ކުރުމެވެ.

"އަކްޝޭގެ ވެސް އަންހެން ދަރިއަކު އެބަހުރި. ވިސްނާލީމަ އެނގޭނެ އަހަރުމެން ބޭނުންވަނީ އަންހެނުންނަށް ގަދަރާއި އިއްޒަތްކަން" ކަންގަނާ ބުންޏެވެ.

ސިންގް އިޒް ބްލިންގް އަށްފަހުވެސް ކަންގަނާއަށް އަކްޝޭގެ ގިނަ ފިލްމުތަކެއް ހުށައެޅުނެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ އަކްޝޭއާއެކު މަސައްކަތް ކޮށްފައެއް ނުވެ އެވެ.