ބާބެޑޮސްގެ ވެރިކަމުން ރާނީ އެލިޒަބަތް ދުރުކުރުމަށް ފަހު އެ ގައުމަށް ޖުމްހޫރީ ވެރިކަމެއް ގެންނަން އުޅޭ ކަން އިއުލާނުކޮށްފި އެވެ.
"އަހަރެމެންގެ އިސްތިއުމާރީ ތާރީހު އެއްކޮށް ދޫކޮށްލަންވީ ވަގުތު ޖެހިއްޖެ،" ކެރީބިއަންގެ ގައުމެއް ކަމަށްވާ ބާބެޑޮސްގެ ސަރުކާރުން ބުންޏެވެ.
އެ ގައުމުން އަމާޒު ހިފާފައި ވަނީ އިނގިރޭސިންގެ ފަރާތުން މިނިވަންކަން ލިބުނުތާ 55 އަހަރު ފުރެންވާ އިރަށް މި ޕްރޮސެސް ނިންމުމަށެވެ. އެއީ 2021 ވަނަ އަހަރުގެ ނޮވެމްބަަރު މަހަށެވެ.
ބޮޑު ވަޒީރު މިއާ މޮޓްލޭ ލިޔުއްވާފައިވާ ހިތާބެއްގައި ވާ ގޮތުން ބާބެޑޮސްގެ ރައްޔިތުން ބޭނުންވަނީ ބާބެޑޮސްއަށް ނިސްބަތްވާ ވެރިއެކެވެ. މިކަމާ ގުޅޭގޮތުން ބަކިންހަމް ޕެލަސް އިން ބުނި ގޮތުގައި މި ނިންމުން ނިންމުމުގެ ބާރު އޮތީ ބާބެޑޮސްގެ ރައްޔިތުންނާއި އެ ގައުމުގެ ސަރުކާރަށެވެ.
"ދަ ކެރެލާ ސްޓޯރީ"ގެ ދެވަނަ ބައި އަންނަ މަހު!
އުމްރާ ގުރޫޕަކުން ރޮނާލްޑޯގެ މެޗުގެ ޓިކެޓް ވިއްކަނީ
ޓިމޮތީގެ ހުއްޓުމެއް ނެތް ޝުކުރު ކައިލީއަށް!
