ދެކުނު އަޔަލޭންޑްގައި އިފްތިތާހުކުރި ރާނީ އެލިޒަބަތު ދެވަނައިގެ މޮނިއުމަންޓަކާއެކު އިންޓަނެޓު ބޭނުންކުރާ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.
ދެކުނު ބެލްފެސްޓްގެ އާޓިސްޓެއް ކަމަށްވާ އެންޓޯ ބްރެނަން ފަރުމާ ކޮށްދީފައިވާ އެ ބްރޮންޒް މޮނިއުމަންޓްގައި ފެންނަނީ ރާނީ އެލިޒަބަތުއާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް އެ ދެކަނބަލުންގެ އޮޅު ދެ ކުއްތާއާއެކު ހުއްޓިގެން ހުންނަ މަންޒަރެވެ.
އެ މޮނިއުމެންޓްގައި ރާނީ އެލިޒަބަތުގެ އަސްލު ސިފަފުޅާ ވަރަށް ތަފާތުކޮށް ފެންނައިރު އެ މޮނިމެންޓާ ބެހޭގޮތުން އާއްމުންގެ ހިޔާލު ތަފާތުވެ އެވެ.
އަޔަލޭންޑްގައި ދައްކާލި ރާނީ އެލިޒަބަތުގެ މޮނިއުމެންޓްއެއް ބަޔަކު އެއީ ރާނީ އެލިޒަބަތުގެ ހަނދާންތަކަށް ކުރި ފުރައްސާރައެއް ކަމަށާއި އެ މޮނިއުމެންޓްގައި ރާނީގެ ސިފަފުޅާ އެއްގޮތް އެއްވެސް ކަމެއް ނުފެންނަ ކަމަށް އަންނަނީ ބުނަމުންނެވެ.
އެގޮތުން އެ މޮނިއުމެންޓް ފަރުމާކުރި އާޓިސްޓާއި މޮނިއުމެންޓް ހެދުމުގައި އިސްކޮށް އުޅުނު ފަރާތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
އެހެން ނަމަވެސް އިންޓަނެޓު ބޭނުންކުރާ މަދު ބަޔަކު އަންނަނީ އެ މޮނިއުމަންޓާއި މޮނިއުމަންޓްގެ އާޓިސްޓްގެ ދިފާއުގައި ވެސް ވާހަކަ ދައްކަމުންނެވެ. އެގޮތުން މިޒަމާނުގައި ހުނަރުވެރިންގެ ހުނަރަށް އެއްވެސް ގަދަރެއް ނެތް ކަމަށް އެމީހުން ބުނެ އެވެ.
މިއީ ޝާހީ އާއިލާގެ މެމްބަރުންގެ މޮނިއުމަންޓްތަކުގެ ސަބަބުން ހިޔާލު ތަފާތުވުންތައް އުފެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޕްރިންސް ފިލިޕްގެ މޮނިއުމެންޓްއަކާމެދު ވެސް އާއްމުންގެ މެދުގައި ހިޔާލު ތަފާތުވި އެވެ.
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް
އެމެރިކާއިން ސައުދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
ފާހާނާ ތަށްޓަށްވުރެ ތި ގެންގުޅޭ ފޯނުގައި ޖަރާސީމު ގިނަ!