ރާއްޖޭގެ އެކި ސަރަހައްދުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާއީ ޖަމިއްޔާތަކާއެކު، ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި އެވެ.
މި ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގެ ދީނީ ދައުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާއާއި ޖަމިއްޔާތައް ގުޅިގެން މަސައްކަތްކޮށްގެންކަމަށެވެ.
ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމިއްޔާއަކުން 98 މަންދޫބުން ބައިވެރިވެ އެވެ. މީގެތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ދައުވަތުގެ މައިދާނުގައި މަސައްކަތްކުރާ ބައެއް ބޮޑެތި ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމިއްޔާތަކުން ދައުވަތުގެ ކަންކަމުގައި ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.
ބެންފް ނެޝަނަލް ޕާކް: ކެނެޑާގައިވާ ފުރިހަމަ މަންޒިލެއް!
ދެން ދުވަހަކު ވެސް ޑައިރެކްޓެއް ނުކުރާނަން: މަހޭޝް
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!